ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ދައުލަތުގެ ފަރާތުން އެދުނީ ފުއްގިރި ކުއްޔަށްދީގެން ރައީސް ޔާމީން، ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރިކަމުގެ ތުހުމަތުގަ އެވެ. 

ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާގައި ވަނީ އ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެކޭ އެެއްގޮތަށް މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ތަކުރާރު ކުރައްވާފައި ވަނީ ލިޔެކިޔުންތައް ނުލިބޭ ކަމަށެވެ. އެކަމަކު ދައުލަތުގެ ވަކީލާ ވަނީ އެ މައްސަލައާ ގުޅިގެން ހުރިހާ ލިޔެކިޔުމެއް ވެސް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ، ލިޔެކިޔުންތައް ނުލިބޭތީ ސާފު ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް އެ މައްސަލައިގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުވާގައި ހުރި ސީޑީތަކާއި އޯޑިއޯތައް ބަލާއި ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ކޯޓުން ދީފައިވާ ކަމަށާއި އެހެންކަމުން ޝަރީއަތް ކުރިއަށްދާނެ ކަމަށެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް