ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-
ބަލި ގަބޫލްކުރެއްވުމަށް ޓްރަމްފަށް ނަޝީދު ގޮވާލައްވައިފި
އިންތިހާބުން ބަލިވުމުން ނަތީޖާ ގަބޫލުކޮށް ބާރުތައް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެގައުމުގެ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީއްޖާ ބަލައިގަންނަން އިންތިހާބުން ބަލިވި ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހަދަމުންދާ ދަނޑިވަޅެއްގައި، ޓްރަމްޕްގެ ސަޕޯޓަރުން ދަންވަރުގެ ވަގުތުގައި ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމަނިކުފާނަށް ކުރި ލިބުނު ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީއްޖާ ބާތިލްކޮށްފައިވާ ކަމަށެވެ. 

އެހެންނަަމަވެސް ސުޕްރީމް ކޯޓުގެ ނިންމުންތައް ބަލައި ގަނެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީއްޖާ ގަބޫލުކޮށްފައިވާނެ ކަމަށާއި، އެއީ ގައުމުގެ ހަމަޖެހުމާއި ސުލްހަ އާއި އަމާންކަމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމެރިކާގެ އިންތިހާބަކީ އަަމަން އާމާންކަމާއިއެކު ނިމިގެންދިޔަ އިންތިހާބެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިންތާހުބުގައި ބަލިވިނަމަވެސް ޓްރަމްޕް ބަލި ގަބޫލްކުރަންޖެހޭ ކަމަށް ޓްރަމްޕަށް ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.  

އެމަނިކުފާނާއި ދެކޮޅަށް ވެސް ބަގާވާތް ކުރި ކަމަށާއި، އެހެންކަމުން ބަގާވާތަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމެރިކާގައި ކުރިއަށް ދަނީ ބަގާވާތެއްކަަމަށް ނަޝީދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައިވެއެވެ. އަދި ހަމަނުޖެހުމާ ގުޅިގެން ހަމަލާ އަމާޒުވަނީ ހަމައެކަނި އެމެރިކާގެ ޑިމޮކްރަސީއަށް ނޫން ކަމަށާއި، ޑިމޮކްރެޓިކް މިނިވަންކަން އަދި އެކަމާ ގުޅިގެން މީހުން ދެކޭ ގޮތަށް ވެސް އަސަރު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވުމުން އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް އެ އިންތިހާބުގެ ނަތީއްޖާ ބަލައިނުގަންނަ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި ޓްރަމްޕް ކުރެއްވި ޓްވީޓް އަކާއި ގުޅިގެން ޓުވިޓާ އާއި ފޭސްބުކުން ވަނީ އެމަނިކުފާނުގެ އެކައުންޓްތައް ސަސްޕެންޑް ކޮށްފައެވެ. 

ޓުވިޓާ އާއި ފޭސްބުކުން އެ ފިޔަވަޅު އެޅީ ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައި ގަންނަން ދެކޮޅު ހަދައި ކުރި މުޒާހަރާއެއްގައި ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަނުމުން އެ މުޒާހަރާ ބޭއްވުމަށް ޓްރަމްޕް ހިތްވަރު ދެއްވި ކަމަށް ބުނެއެވެ. ނަމަވެސް ފަހުން ޓްރަމްޕް ވަނީ އެ މީހުން "އަނބުރާ ގެޔަށް ދިޔުމަށް" އެދިވަޑައިގެންފަ އެވެ. 

އޭގެ ފަހުން ޓުވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓު 12 ގަޑި އިރަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ފޭސްބުކުން ވަނީ އޭނާގެ އެކައުންޓުން "ހަމަނުޖެހުމަށް ހިތްވަރުދެވޭ" ކަމަށް ބުނެ އެ އެކައުންޓު 24 ގަޑި އިރަށް ސަސްޕެންޑުކޮށްފަ އެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލްއަށް ވަދެގަނެފައި ވަނީ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކާމިޔާބީ ބަލައިގަތުން ކޮންގްރެސްގައި ކުރިއަށް ދާތީ އެކަން ހުއްޓުވުމަށެވެ. އެތަނުގައި ހިނގި ހަމަނުޖެހުމުގައި ހަތަރު މީހުން މަރުވެފައި ވެއެވެ. އޭގެ ފަހުން ތަނުގެ ހާލަތު ހަމަޔަކަށް އަޅުވާ ކޮންގްރެސްގެ ބައްދަލުވުން ވަނީ އަލުން ފަށައިފައެވެ. މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އާއި ރަނިންމޭޓު ކަމަލާ ހެރިސްކަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅައި އިއުލާންކޮށްފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް