ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރިސޯޓެއްގައި އަންހެނަކު "ރޭޕް" ކޮށްފައެއް ނުވޭ، އަތްލަންއުޅުނީ ގައިގަ: ފުލުހުން
ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާތީ މީޑިއާއަށް ތިލަވެފައިވާ އެ މައްސަލައިގައި އަންހެނަކު ރޭޕު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރައްވަމުން ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރާ ކަމަށެވެ. އެހެންނަމަވެސް، އެރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

"އެ މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ. އަދި މީޑިއާގައި އެ މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވޭ. މިމައްސަލައާގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ދިވެހިރާއްޖެއިން ފުރާފަ ޖިންސީކުށުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ހަބަރުތައް ގެނެސް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކުރަން" ފުލުހުން ބުނެފައިވެއެވެ. 

މިމަހުގެ ތިން ވަނަ ދުވަހު ފެންމަތިވި މި މައްސަލައިގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނު ގޮތުގައި ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށްފަ އެވެ. އަދި އެކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލާފައިވެ އެވެ.

ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގައި އުމުރުން 19 އަހަރުގެ ދިވެހި އަންހެން ޒުވާނާ ރޭޕްކުރި ކަމަށް ބުނާ އެ ރިސޯޓުގެ އެފް އެންޑް ބީ މެނޭޖަރު އަމިތް ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލަފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ ރިސޯޓުގެ އެޗްއާރް ޑިރެކްޓަރަކަށް ހުރީ އެ ގައުމުގެ މީހެއް ކަމަށްވާ "އުދޭ ނަޔަކް" ކަމަށް ހަބަރުތައް ފެތުރިފައި ވެއެވެ. 

އެ މީހާ ރޭޕްކޮށްފައިވާ 19 އަހަރުގެ ޒުވާން އަންހެން ކުއްޖާއަކީ ވަޒީފާގެ ތަމްރީނު ހޯދަން ރިސޯޓްގައި މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން  މީޑިޔާ އޮފިޝަލް އޭރުވެސް ވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައި "ނެތް" ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް