ads
ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު---
ނަޝީދުގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ މަޝްރޫއު އައްޑޫގައި ހިންގި: އަލީ ނިޒާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ މަޝްރޫއު އައްޑޫގައި ހިންގާފައިވާ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އައްޑޫ ރައްޔިތުން ނިކަމެތިކޮށް ނުލާނެ ކަމަށް މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަލީ ނިޒާރު ވިދާޅުވީ، ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ މަޝްރޫއު އައްޑޫގައި ވަނީ ހިންގާފައި ކަމަށެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އައްޑޫގެ މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރު ހޯދައި މަސައްކަތް ފެށުމަށް ދަނީ ތައްޔާރު ވަމުން ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީގެ ވެރިކަމެއްގައި އައްޑޫ ރައްޔިތުން ނިކަމެތިކޮށް ނުލާނެ ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ. އަދި އުންމީދާއިއެކު ގުޅިގެން ކުރިއަށް ދިޔުމަށް އެދިފައިވެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ސޯލިހް ނިމިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ތަސްދީގު ކުރެއްވުމާއި އެކު، އައްޑޫ އާއި ފުވައްމުލަކުގައި ރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްގީ ކުރެވޭނީ އަކަމީޓަރަަކަށް އެއް ޑޮލަރުގެ ރޭޓުން ކަމަށް ނިންމާފައިވާތީ ވެެސް ނަޒީރު ވަނީ އެއީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރަކުން ކުރި އެންމެ އަގުހުރި މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ. އަދި ތަރައްގީ ހޯދައި ދިނުމަކީ އެއީ ކަމަށް އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ. 

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ބިމުގެ އަގު ކަނޑައަޅާފައި ވަނީ ރާއްޖޭގެ އަތޮޅުތައް ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކުގައި ރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްގީ ކުރެވޭނީ އަކަމީޓަރަަކަށް އެއް ޑޮލަރުގެ ރޭޓުންނެވެ. މި ދެ އަތޮޅަކީ ޓޫރިޒަމްގެ ބޭނުމަށް އެންމެ ކުޑަ އަގުގައި ބިން ދޫކުރާ ދެ އަތޮޅެވެ. އަދި އެ ދެ އަތޮޅުން ދެލައްކަ އަކަމީޓަރަށް ވުރެ ބޮޑު ބިމެއް ނަގާ ނަމަ ރިސޯޓު ތަރައްގީކުރުމަށް އަހަރަކަށް ހަތަރު ލައްކަ ޑޮލަރު ހޭދަކުރަން ޖެހެ އެވެ.

އެމްޑީޕީގެ ބާރު ހިނގާ ވެރިކަމެއްގައި އައްޑޫ ސިޓީ ބާކީ ނުކުރާނެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް