ads
ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ:-
ސްކޫލްތައް ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން އަންގައިފި
ސްކޫލުތައް މާދަމާ ހުޅުވަން ނިންމާފައިވާ އިރު މާލޭގެ ސްކޫލުތައް ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަންް އަންގައިފި އެވެ.

ފުލުހުން ވަނީ މާދަމާ ސްކޫލުތައް ފެށުމަށް ހަމަޖެހިފައިވާތީ ސްކޫލް ސަރަހައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ހިލާފަށް ޕާކް ކޮށްފައިވާ އުޅަނދުފަހަރު މިއަދު 18:00 ގެ ކުރިން ނަގައިދިނުމަށް އެދިފަ އެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރުގައި ފުލުހުން ސްޓިކާ ޖެހުމުގެ އިތުރުން ޓޯކޮށް ހަދަ އެވެ. އަދި ފުލުހުންގެ އެދުމާއި ހިލާފަށް ސްކޫލުތައް ދޮށުގައި ޕާކުކޮށްފައި ބަހައްޓައިފި ނަމަ އެ އުޅަނދުފަހަރު މިރޭ ނަގާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މާލޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދެވިފައެއް ނުވެ އެވެ. ބައެއް ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މާދަމާ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް