ads
އިންޑިއާގެ މަހާރަޝްތަރާގައި އަލިފާނުގެ ހާދިސާ ހިނގި ހަސްފަތާލު، މި ހާދިސާގައި އަލަށް އުފަންވި 10 ތުއްތު ކުއްޖަކު ވަނީ މަރުވެފައި---
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ ތުއްތު 10 ކުދިން މަރުވެއްޖެ
އަވަށްޓެރި އިންޑިއާގެ މަހާރަޝްތްރާގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އަލަށް އުފަންވި ދިހަ ތުއްތު ކުދިން ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މަހާރަޝްތްރާ ސްޓޭޓުގައި ހުންނަ ބަހަންދުރާ ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގައި ހުންނަ އަލަށް އުފަންވާ ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓުގައި ފަރުވާދެމުން އަންނަ 17 ކުޑަކުދިންގެ ތެރެއިން ސަލާމަތްކުރެވުނީ ހަތް ކުޑަކުދިން ކަމަށް ޑޮކްޓަރަކު މައުލޫމާތުދީފައިވެ އެވެ.

މަހާރަޝްތްރާގެ ޗީފް މިނިސްޓަރު އުދަވް ތަކްރޭ ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވައިލައްވާފަ އެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ ހިތާމަ ފާޅުކުރައްވައި، މަރުވި ކުޑަކުދިންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފަ އެވެ.

މޯދީގެ އިތުރުން އިންޑިއާގެ ގިނަ ސިޔާސީ ބޭފުޅުން ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް