ads
ރައީސް ސޯލިހް އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކަކާއި އެކު - ފޮޓޯ: ސަން
މިއީ އުނގެނުމާއި ރައްޓެހިންނާ ބައްދަލުކުރަން ލިބުނު ފުރުސަތެއް: ރައީސް
ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ސްކޫލުތައް އަލުން ހުޅުވާލާފައިވާ އިރު މިއީ ދަރިވަރުންނަށް އުނގެނުމަށް ފަހިވި އިތުރު ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ސްކޫލުތައް އަލުން ހުޅުވާލާއިރު ދަރިވަރުންނަށް އެ ކުދިންގެ ކުރީގެ ރައްޓެހިންނާއި ބައްދަލުވެ، އާ ރައްޓެހިން ހޯދުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަދި ދަރިވަރުންނާއި ޓީޗަރުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ މިއީ ދަރިވަރުންނަށް އުނގެނުމަށް ފަހިވެގެން ދިޔަ އިތުރު ފުރުސަތެއްް ކަމަށް ވިދާޅުވެފަ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިއަދު ސްކޫލުތަކުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ. އެގޮތުން ދަތި އުނދަގޫ އަހަރަކަށް ފަހު، އަނބުރާ ސްކޫލަށް ދިއުމުގެ ފުރުސަތު ލިބިފައި ވާތީ އެކަމާ އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ނައިބް ރައީސް ވަނީ އާންމު ހާލަތުގައި ވަރަށް އަވަހަށް ކިޔަވައިދެވެން ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ވަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާފަ އެވެ. އެހެން ނަމަވެސް މި ވަގުތު ގއ. ދެއްވަދޫ އާއި ލ. ފޮނަދޫގެ އިތުރުން އެ އަތޮޅު ގަން މޮނިޓަރިންގެ ހާލަތުގައި އޮތުމާއެކު އެ ރަށްތަކުގެ ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް