ads
ދީޕިކާ އާއި ރަންވީރު--
ދީޕިކާގެ އުފަން ދުވަހުގެ ކޭކު ކާލީ ރަންވީރު!
ބޮލީވުޑުގެ މަސްތާނީ، ދީޕިކާ ޕަޑުކޯން، މިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އުމުރުން 35 އަހަރު ފުރުން ފާހަގަކުރަން ޕާޓީއެއް ވެސް ބޭއްވިއިރު އެ ޕާޓީގައި ގާތް މީހުން ބައިވެރިވި އެވެ.

ދީޕިކާ މިވަނީ އިންސްޓަގްރާމު މެދުވެރިކޮށް ސުވާލުތަކަކަށް ޖަވާބުދީ ސަޕޯޓަރުންނަށް ގިނަ މައުލޫމާތުތަކެއްދީފަ އެވެ. އަދި އޭނާގެ އުފަން ދުވަހުގެ ފޮޓޯތަކުން ނުފެންނަ ފޮޓޯއެއް ހިއްސާކުރަން އެދުމުން ވަނީ ރަންވީރަށް ކޭކު ކޮޅެއް ލަވައިދޭ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

އޭގައި ދީޕިކާ ވަނީ އޭނާގެ އުފަން ދުވަހުގެ ކޭކު ކާލީ ފިރިމީހާ، ރަންވީރު ކަމަށް ވެސް ބުނެފަ އެވެ.

އޭގެ އިތުރުން އޭނާގެ އެންމެ ގާތް ދެ މީހުންނަކީ ކޮބާތޯ ކުރެވުނު ސުވާލެއްގައި ފިރިމީހާގެ އިތުރުން އޭނާ ބުނީ ކޮއްކޮ އަނީޝާ ކަމަށެވެ. އަދި އިރުފާން ހާނާއެކު އޭނާ ފެނިގެންދާ ފިލްމު، ޕީކޫގެ ފޭވްރިޓް މޫވްމަންޓް ވެސް ދައްކާލި އެވެ. 

ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާންގެ ކުޅިވަރު ޑްރާމާއެެކެވެ. އަދި ޝަކުން ބަޓްރާގެ ކުރިއަށް އޮތް ފިލްމުގައި ވެސް ސިދާތު ޗަތުރުވޭދީ އާއި އަނަންޔާ ޕާންޑޭއާއެކު އޭނާ ފެނިގެންދާނެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް