ads
ރިތިކްގެ އާއިލާ--
ކުރީގެ އަނބިމީހާ ބުނަނީ އެންމެ ބެސްޓް ބައްޕައަކީ ރިތިކް ކަމަށް!
ރިތިކް ރޯޝަން އާއި ސުޒޭން ހާން ވަކިވިތާ އަހަރުތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް ދަރިންގެ ކަންކަން ބަރާބަރަށް ދެ މީހުން ބަލަހައްޓަމުންދެ އެވެ.

އުމުރުން 47 އަހަރުވުމާއި ގުޅިގެން ގިނަ ބަޔަކު ރިތިކަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން ދިޔައިރު އޭނާގެ ކުރީގެ އަންހެނުން ވެސް ދުވަހުގެ ތަހުނިޔާ ފޮނުވި އެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް ދަރިންނާއެކު ރިތިކް ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށް، ވަނީ ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

އެގޮތުން ބޭނުންކުރި ހޭޝްޓެގްތަކުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ "ބެސްޓް ޑޭޑް އިން ދަ ވޯލްޑް" ޖަހާފައިވާތީ އެވެ.

މީގެ ކުރިން ރިތިކްގެ ބައްޕަ ރޯޝަން ވެސް ވަނީ، ރިތިކްއަކީ އޭނާއަށް ވުރެ ވެސް ރަނގަޅު ބައްޕައެއް ކަމަށް ބުނެ ދަރިފުޅަށް ތައުރީފްކޮށްފަ އެވެ. 

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާންގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރެވެ. ކައިވެނި ރޫޅުނުއިރު އެމީހުންނަށް ދެ ފިރިހެން ދަރިން ލިބިފައިވާއިރު ވަކިވި ނަމަވެސް ދެ ކުދިންގެ ކަންކަން ދެމީހުން އަންނަނީ އެކުގައި ބަލަހައްޓަމުންނެވެ. ވަކިވި ފަހުން ވެސް އެމީހުން އެކުގައި ފެނިގެންދާއިރު ކުދިންނާއެކު ޗުއްޓީ ދަތުރުތައް ވެސް ދެމީހުން އެކުގައި ގޮސް ހަދައެވެ.

ވަރިވުމަށް ފަހު ވެސް އެކަކު އަނެކަކަށް ލިބޭ އުފަލާއި ހިތާމަތަކުގައި ދެ މީހުން ވެސް ބައިވެރިވަމުން އަންނައިރު އެމީހުންގެ އާއިލާ އެދޭ އެދުމަކީ ދެމީހުން ގުޅުމެވެ. އެގޮތުން ސުޒޭންގެ ބައްޕަ ވެސް ވަނީ ރިތިކް އާއި އޭނާގެ ދަރިފުޅު ގުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް ބުނެފައެވެ.

ރިތިކް އާއި ސުޒޭން 13 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވީ ކަންގަނާ ރަނައުތާއި ރިތިކްއާ ދެމެދުގައި ގުޅުމެއް އޮތުމުގެ ސަބަބުން ކަމަށް އަޑުތައް އެރި ނަމަވެސް އެއީ ދޮގެއް ކަމަށް ރިތިކް ބުނެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް