މިގޮތުން އިންޑިއާގެ ނުވަ ސްޓޭޓެއްގައި މިހާރު ވެސް ބާޑް ފްލޫ ފެތުރެމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
މިގޮތުން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި މަހާޕަތްރާގެ މަގުތައް މަތީގައި ދޫނިތައް މަރުވެ ވެއްޓެމުންދާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މިގޮތުން ނިއުދިއްލާގައި ޕާކްތަކާއި، ޖަގަހަތަކަށް އެއްވުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
މުމްބާއީ ސަރަހައްދުގައި ވެސް ބާޑް ފުލޫ ފެތުރުން ހުއްޓުވުމަށް 8،000 ދޫނި މަރާލުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި މަރުވެފައިވާ ދޫނިތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް އެ ގައުމުގެ އޮފިޝަލުން އަންނަނީ ކުރަމުންނެވެ.