ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
ފްލައިޓް ވެއްޓި މަރުވި މީހުންގެ އާއިލާތަކަށް ޝާހިދު ތައުޒިޔާ ފޮނުއްވައިފި
ހޮނިހިރު ދުވަހު އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ މަތިންދާބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރު ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ ނުވަވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނައިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސްޖޭ 182 ވެއްޓި، 60 އަށް ވުރެ ގިނަ މީހުން މަރުވި ހަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށާއި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނޭޝިއާގެ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރުގެ އަމިއްލަ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާާއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ގެއްލުނު ފްލައިޓް ވެއްޓުނު ސަރަހައްދު މިހާރު ވަނީ ހޯދާފަ އެވެ.

ބޮއިންގް 737 މަރުކާގެ ފްލައިޓް ވެއްޓިފައި ވަނީ ކަނޑަށެވެ. ސްރިވިޖަޔަ އެއާލައިންސްގެ އެ ފްލައިޓުން 62 މީހުން ދަތުރުކުރަމުން ދިޔަ އެވެ.

ޖަކާޓާއިން ފުރައިގެން ޕޮންޓިއަނަކްއަށް ދަތުރު ކުރަނިކޮށް އެ ފްލައިޓް ރާޑަރަށް ގެއްލުނީ ނައްޓާލިތާ ހަތަރު މިނެޓުގެ ތެރޭގަ އެވެ. 

އެ ފްލައިޓު ވެއްޓުނު ސަރަހައްދަށް 10 މަނަވަރު މިހާރު ވަނީ ފޮނުވާފަ އެވެ. ފްލައިޓުގެ ކަޅުފޮށީގެ ސިގްނަލް ލިބެމުން ދާއިރު ޑައިވަރުން މަސައްކަތް ކުރާނީ އެ ފޮށި ހޯދުމަށެވެ. 

މަނަވަރާއި ޑައިވަރުންގެ އިތުރުން ހަތަރު ފްލައިޓު ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް