ads
ވަރު އައިލެންޑް ރިސޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި-- ފޮޓޯ: އެމްއެންޑީއެފް
ވަރު އައިލެންޑް ރިސޯޓުގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ އެހީތެރިކަމާއެކު ނިއްވާލައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކު އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އަލިފާނުގެ ހާދިސާ ރިޕޯޓު ކޮށްފައިވަނީ ރޭ މެންދަމު 02:48 ގައި ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ ވަޑާންގޭގެ އިތުރުން އެތަނާއި ޖެހިގެން ހުރި ސްޓާފްސް ކުއާޓާސްގައި ރޯވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވެއެވެ. 

އަދި އަލިފާން ރޯވި ސަރަހައްދުގައި އިތުރު ތިން ގުދަން ހުރި ކަމަށާއި، ނަމަވެސް އެއްވެސް ގުދަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރޭ އެމްއެންޑީއެފް މީޑިއާ ގްރޫޕުގައި ބުނެފައި ވަނީ އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގައި ރާ ރައްކާކުރާ ގުދަނުގައި ކަމަށެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ރޭ ފަތިހު 05:39 ހާއިރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް