ads
އިމްތިޔާޒް ފަހުމީ--
149 ކިލޯ ޑްރަގް މައްސަލައިގެ އިހުމާލުތައް ބަލަން މަޖިލީހަށް ހުށަހަޅައިފި
ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ލިބުނު ގިނަ ބަޔަކު، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިހުމާލުވުގެ ސަބަބުން މިނިވަންވުމުން އެކަން ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިހުމާލުތަކުގެ މައްސަލަ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން އިއްޔެ އޭނާ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެއް ތަނަކުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. 

އެ މައްސަލާގައި ފަސް މީހަކަށް ގދ. ގައްދޫ ކޯޓުގައި ކުރި ދައުވާގައި، އޭގެ ތެރެއިން ހަތަރު މީހެއްގެ ބައި ކޯޓުން ބޭރުކޮށްލީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުވާ ކުރުމުންނެވެ. އެކަމަކު ތަހުގީގުގައި ފުލުހުން ހަދާފައި ހުރި ބޮޑެތި ގޯސްތަކެއް ވެސް އެ މައްސަލާގައި ކޯޓުން ފާހަގަކުރި އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގުން ނަމަ އޭރު 260 މިލިއަން ރުފިޔާގެ އަގު ހުއްޓެވެ. އެ މަސްތުވާތަކެތީގެ މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލިޔަސް އިސްތިއުނާފް ކުރުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ގައްދޫ ކޯޓުގެ ނިންމުމުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ޕީޖީން ލަހުން ދައުވާ ކުރުމާއި މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަންގައި މީސްމީހުންގެ ގޭގެއަށް ކޯޓު އަމުރެއް ނެތި ވަނުމާއި ތުހުމަތުވި ބައެއް މީހުން ހައްޔަރު ނުކޮށް އަދި ކޯޓު އަމުރެއް ވެސް ނެތި ގިނަ އިރުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް