ads
މެމްބަރު ސައީދު އަދި މިނިސްޓަރު މާރިޔާ--
މާރިޔާއަށް ފުލުހުން ސިފަވަނީ ފިދަނަތަކެއްހެން: ސައީދު
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ދިވެހި ސިފައިން ފެންނަނީ "ފިދަނަތަކެއް" ގެ ގޮތުގައި ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ، ދިވެހި ސިފައިން ފެންނަނީ ޕްރޮފެޝަނަލް ފޯސްއެއްގެ ގޮތުގައި ކަމަށާއި، ސިފައިން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ކަމަށް މާރިޔާ ވިދާޅުވުމާއި ގުޅިގެންނެވެ. 

މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވެފައިވަނީ ސިފައިން އުފެދުނީއްސުރެ މިއަދާއި ހަމައަށް އައި އިރުވެސް އެތެރެއާއި ބޭރުން އަމާޒުކުރި ކޮންމެ ހަމަލާއެއްގެ ފަހަތުގައި ތިބީ ކޮން ދިވެހިންނެއްތޯ ހިތްޕުޅަށް ގެނައި ނަމަ އެކަމުގެ ޖަވާބު ލިބޭނެ ކަމަށާއި މައުސޫމް އެތައް ރައްޔިތުންގެ ލޭހުރީ ކޮން ސިޔާސީ އަތްތަކެއްގައިތޯ ބެއްލެވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ސިފައިން އަބަދުވެސް ތިބީ ﷲ ގަންދީ ކުރި ހުވައިގެ މަތީގައި ކަމަށާއި މާރިޔާއަށް "ފިދަނަތަކެއް" ގެ ގޮތުގައި ސިފައިން ފެނުނަސް އެ ބޭފުޅުންގެ ހިދުމަތަށް ދިވެހިން ފަހުރުވެރިވާނެ ކަމަށެވެ. އަދި އިސްލާމް ދީނާއި ގާނޫނު އަސާސީއާއި ހިލާފުވާނަމަ ވެރިން ދުރުކުރުމަކީ ވާޖިބެއް ކަމަށާއި އެ ހިސާބުން ބާގީ އާއި ގޮޅާ ފޯސްއަށް ބަދަލުވަނީ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު، މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ އަސްކަރީ ބޮޑެތި އެތަކެއް ބާރުތަކާއެކު، ދިވެހި ސިފައިން މިއަދު ބާއްވާ ރަހުމަތްތެރި ކަމުގެ ގުޅުމުގެ ސަބަބުން ނިރުބަވެރިކަމާއި، ކަނޑުގެ ސަލާމަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް