ads
ވަޒީރުންގެ މަޖިލިސް-- ފޮޓޯ: ރައީސް އޮފީސް
ސޭފް ސްކޫލްސް ޑެކްލަރޭޝަން ގައި ބައިވެރިވުމަށް މަޖިލީހުގެ ލަފާއަށް އެދެނީ
ރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލެރޭޝަން" ގައި ބައިވެރިވުމަށް މަޖިލީހުގެ ލަފައަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި ވާތީއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހަށް، ސޭފް ސްކޫލްސް ޑެކްލެރޭޝަން ގައި ރާއްޖެއިން ބައިވެރިވުމާއި ގުޅޭ ކަރުދާސް ހުށަހެޅުއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ. 

ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި ސްކޫލްތަކާއި ޔުނިވާސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީ ގޮތުން ލާޒިމުކުރާ ބައިނަލްއަގްވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަންގެ ބޭނުމަކީ، އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ހައްގާއި، ރައްކާތެރި މާހައުލެއްގައި އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމެވެ. 

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުނުކެނޑި ތައުލީމީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި، މި ޑެކްލަރޭޝަންގެ މަގްސަދުތަކުގެ ތެރޭގައި ހަނގުރާމައިގެ ހާލަތްތަކުގައި ވެސް ސްކޫލުތަކާއި ޔުނިވާސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުން ވެސް ހިމެނެއެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ގައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލްސް" ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް