 
                                                                                                
                    ވަރުން އާއި އެހެން ބައެއް ތަރިން ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ 2021 ގައި ކައިވެނި ކުރެވޭތޯ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މަހު ވަރުން ކައިވެނި ކުރަން ވަނީ ހަމަޖެހިފަ އެވެ.
ކުޑައިރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވަރުން އާއި ނަތާޝާ ދަލާލުގެ ކައިވެނި މި މަހު އޮންނާނެ ކަމަށް ޕިންކްވިލާއިން ރިޕޯޓު ކުރެ އެވެ.
އޭގެ އިތުރުން އެ މީހުން ކައިވެނި ޕާޓީ އޮންނާނީ އަލީބައުގް އަވަށުގައި ކަމަށާއި އެތަނުން ފަސް ތަރީގެ ހޮޓަލެއް ބުކްކޮށްފައިވާ ކަމަށް ވެއެވެ.
ޕިންކްވިލާއިން ރިޕޯޓުކުރި ގޮތުގައި ޕަންޖާބީ ސްޓައިލަށް ބާއްވާ އެ ހަފްލާއަށް ދައުވަތު ދޭން ނިންމާފައި ވަނީ މަދު ބަޔަކަށެވެ. ނަމަވެސް ވަރުންގެ އާއިލާއިން ވަނީ 200 މީހުންގެ ލިސްޓެއް ހަދާފައި ކަމަށް ވެއެވެ.