ads
ނިކީ އަދި ރާހުލް
ރާހުލްއާ ދިމާލަށް ނިކީ ބުނީ ކީކޭކަން އެނގޭތަ؟
ކަލާޒް ޓީވީއިން ދައްކާ ބިގް ބޮސް އަކީ ގިނަ ބަޔަކު ބަލާ އެއްޗެކެވެ. އެގޮތުން މި އަހަރު ދައްކާ ބިގްބޮސް 14 އަކީ ގިނަ ބެލުންތެރިން ދެކޭ ގޮތުގައި ވަރަށް ކަންތައް ބޮޑު ސީޒަންއެކެވެ.

އެގޮތުން އެންމެ ފަހުން ދެއްކި އެޕިސޯޑްގައި ނިކީ ޓެމްބޮލީ ވަނީ ރާހުލް ވާޑިޔާގެ ޖަންގިޔާއާއި ބެހޭ ގޮތުން ފާޑުކިޔާފައެވެ.

މިހާރު ކަލާސް ޓީވީން ފެންނަ ބައެއް ވީޑިއޯތަކުގައި ނިކީ އަބިނާވް، ޝުކްލާ ކައިރީގައި ރާހުލް ލާ ޖަންގިޔާގެ ވާހަކަ ދައްކާތަން ފެނެއެވެ.

ބިގް ބޮސްގެ ގޭ ތެރޭގައި އެ ދެމީހުން ތިބެގެން ރާހުންގެ ވާހަކަ ދައްކަމުން ގޮސް ނިކީ ވަނީ ރާހުލް އޭނާގެ ސޯޓު އަދި ޓްރެކް ޕޭންޓްސް ދަށުން ޖަންގިޔާ ނުލާ ކަމަށް ބުނެފައެވެ. އެ ވާހަކައަކަށް އަބިނާވް ވަކި އެއްޗެއް ބުނާ ތަނެއް އަދި ފެނިފައެއް ނުވެއެވެ.

މި އަހަރު ބިގްބޮސްގެ ގޭގައި އަމިއްލަ ސާފުތާހިރު ކަމަށް ބައެއް ބައިވެރިން ސަމާލުކަން ނުދޭ މައްސަލަ ވަނި އިންތިހާއަށް ބޮޑުވެފައެވެ.

އެގޮތުން ރާކީ ސާވަތްގެ އަނގައިން ނުބައިވަސް ދުވާ ކަމަށް ބުނެ ގިނަ ބައިވެރިން ދަނީ މައްސަލަ ޖައްސަމުންނެވެ.

0%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް