ads
ކަޅު ފޮށި--
ވެއްޓުނު ފްލައިޓުގެ ކަޅު ފޮށި ކަނޑު އަޑިން ނަގައިފި
އިންޑޮނޭޝިއާގައި ވެއްޓުނު ސްރިވިޖަޔަ އެއާލައިންސް ފްލައިޓުގެ ކަޅު ފޮށި ކަނޑު އަޑިން ނަގައިފި އެވެ.

ޖަކާޓާއިން ފުރައިގެން ޕޮންޓިއަނަކްއަށް ދަތުރު ކުރަމުން ދިޔަ ބޮއިންގް 737 މަރުކާގެ ބޯޓު ޖާވާ ކަނޑަށް ވެއްޓުނީ 62 މީހުންނާ އެކު މިދިޔަ ހޮނިހިރު ދުވަހު އެވެ.

އޭގެން ދަތުރުކުރި އެންމެން މަރުވެފައި ވާއިރު، ފްލައިޓުގެ މައުލޫމާތު ރައްކާކުރާ ދެ ކަޅު ފޮށީގެ ތެރެއިން އެއް ފޮށި މިހާރު ވަނީ ކަނޑު އަޑިން ހޯދައި، އެއްގަމަށް ގެނެސްފަ އެވެ.

ނަމަވެސް ބޯޓުގެ ޕައިލެޓުން ތިބޭ ކޮކްޕިޓުގެ އަޑު ރިކޯޑު ކުރާ އަނެއް ކަޅު ފޮށި އަދިވެސް ހޯދިފައެއް ނުވެ އެވެ. މިހާރު ފެނިފައިވާ ކަޅު ފޮށީގައި ހުރި މައުލޫމާތުން ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދޭތޯ ބަލާނެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް