ads
އެމްއެމްސީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އެމްއެމްސީ
މީޑިއާ ކައުންސިލްގެ ބައެއް ގަވާއިދުތައް އިސްލާހުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ދާއިމީ ކޮމެޓީތަކުގެ ގަވާއިދުތަކަށް އެތިކްސް އެންޑް ލީގަލް ކޮމިޓީން ގެނައި އިސްލާހުތައް ފާސްކޮށްފިއެވެ.

އެމްއެމްސީން ބުނީ، މިއަދު އެ ކައުންސިލުން ބޭއްވި 2021 ވަނަ އަހަރުގެ ދެވަނަ ޖަލްސާގައި އެމްއެމްސީގެ އެތިކްސް އެންޑް ލީގަލް ކޮމިޓީން އިސްލާހު ގެނެސްފައިވާ ތިން ގަވާއިދެއް ފާސްކޮށްފައިވާ ކަމަށެވެ. އެއީ؛

  • އެތިކްސް އެންޑް ލީގަލް ކޮމެޓީގެ ގަވާއިދު،
  • ޕަބްލިކް ރިލޭޝަންސް ކޮމެޓީގެ ގަވާއިދު 
  • މީޑިއާ ރިލޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ ގަވާއިދު

މީގެ އިތުރުން މި ބައްދަލުވުމުގައި އެ ކައުންސިލުން ބަލާ ނިންމާ މައްސަލަތަކުގެ ރިޕޯޓު، ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން އާންމު ކުރުމަށް ފާސްކޮށްފައިވާނެ ކަމަށް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުންތައް އާންމުކޮށްފައިވަނީ އެ ކައުންސިލުގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ފާސްކުރި ތިން ގަވާއިދުގެ އިތުރު މައުލޫމާތެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް