ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބްރޫޒޯންގެ އިރުޝާދުގެ ދަށުން ކުޅޭ ބަޝަންދުރާ ކިންގްސްއިން ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކުރި އިރު އެ ޓީމުން ވަނީ ހުސްވި ހަފުތާ ތެރޭ ބަންގްލަދޭޝް ފެޑެރޭޝަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ބަންްގްލަދޭޝް ޕްރިމިއަ ލީގު މިއަދު މި ފެށީ އެންމެ ފަހު ލީގު ކޮވިޑާ ގުޅިގެން މެދު ކަނޑާލުމަށް ފަހު ފަހުން ކެންސަލްކޮށްފައި ވަނިކޮށެވެ. ބަންގްލަދޭޝް ޕްރިމިއަ ލީގު ކާމިޔާބު ކުރާ ޓީމެއް އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ކޮލިފައިވާނެއެވެ. މިދިޔަ އަހަރުގެ ލީގު ކެންސަލް ކުރުމުން، މި އަހަރުގެ އޭއެފްސީ ކަޕުގެ ޖާގަ ލިބުނީ މިދިޔަ އަހަރުގެ ފެޑެރޭޝަން ކަޕުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ބަޝަންދުރާއަށެވެ. އެ ޓީމުން ވަނީ މި އަހަރުގެ ފެޑެރޭޝަން ކާމިޔާބުކޮށްގެން އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފުން ޖާގަ ހޯދާފައެވެ.