ads
ރައްޔިތުންގެ މަޖިލިސް--
އިންތިހާބު އަވަސްކުރުމުގެ ބިލް: ބަހުސް އޮންނާނީ މިމަހުގެ 17ގައި!
ލޯކަލް ކައުލްސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ނިންމާލައިފި އެވެ.

މިރޭ ބޭއްވި ޖަލްސާގައި އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި އެ ބިލުގައި މަޖިލީހުގެ 29 މެންބަރުން ސޮއިކުރައްވާފައިވެ އެވެ. 

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ މަޖިލިސް ފައްޓަވަމުން ވިދާޅުވީ، މިރޭގެ ޖަލްސާ ބާއްވަނީ ދިވެހިރާއްޖޭގެ އާއްމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއިއެކު އިލެކްޝަން ކޮމިޝަނުން 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުން ލަސްވަމުންދާތީ އިތުރަށް އިންތިހާބު ލަސްވިޔަނުދިނުމަށް ގާނޫނު ބަލާ ގާނޫނަށް ރިއާޔަތްކޮށް އެކަމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލައި އިތުރަށް ގާނޫނަށް ގެނަންޖެހޭ ބަދަލުތައް ގެނެއުމަށް ކަމަށެވެ. އަދި އެ ބިލްގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ހާއްސަ ޖަލްސާތައް ބާއްވަމުން ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލާފައިވާއިރު އެ ބިލުގެ އިބްތިދާއީ ބަހުސް އޮންނާނީ މިމަހު 17 ވަނަ ދުވަހު އެވެ. އިބްތިދާއީ ބަހުސްއަށްފަހު ދެން ބިލު ދާނީ ކޮމިޓީ މަރުހަލާއަށެވެ. ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށްފަހު ބިލު އަބުރާ މަޖިލީހަށް ފޮނުވާއިރު އާ އިސްލާހުތަކާއިއެކު ވޯޓަަށް އެހުމަށް ތިން ދުވަސް ވަރު ދޭންޖެހެއެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިއަދު މިއޮތީ ފުރަތަމަ ކިޔުުން ދެވަނަ ކިޔުން އޮންނާނީ 17 ޖެނުއަރީގަ އެޔަށްފަހު ދެވަނަ ޖަލްސާ. އެހެންވީމަ އެއީ އިބްތިދާއީ ބަހުސް އިބްތިދާއީ ބަހުސްއަށްފަހު އަޅުގަނޑު ގަސްތުކުރަނީ 17 ޖެނުއަރީގަ ވާހަކަފުޅުދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވާހަކަފުޅު ދައްކަވާ ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން. އެޔަށްފަހު ކޮމެޓީ މަރުހަލާއަށް ގޮސް ކޮމެޓީ މަރުހަލާ ނިމިގެން އަނެއްކާ ތިން ދުވަސް ދީފަ އަޅުގަނޑުމެންނަށް ވޯޓަކާއި ހަމަޔަށް ދެވޭނީ އެހެންވީމަ ކޮމެޓީ މަސައްކަތާއި އިބްތިދާއީ އަޑުއެހުމުގެ މަސައްކަތް ކުރައަށް ދާ މިންވަރުން އަޅުގަނޑުމެންނަށް ދެން ޖަލްސާ ތަރުތީބު ކުރަން އެގޭނީ އެކަމަކު ދެން އެޔަށްފަހު ދެން އޮންނަ ޖަލްސާ އޮންނާނީ 17 ޖެނުއަރީގަ" އިވާ ވިދާޅުވިއެެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހެޅީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ފަސްނުކޮށް ބޭއްވޭނީ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ވާތީ އެވެ. 

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އިސްލާހު ފާސް ކުރެވި، ގާނޫނަށް ބަދަލު ގެނެވޭތާ ހަތް ދުވަސް ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށުން ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބިލު ޑްރާފްޓު ކުރިއިރު، އީސީން ބުނެފައި ވަނީ އޭޖީގެ އިސްލާހުތަކާ އީސީން ގެންނަން ބޭނުންވާ އިސްލާހުތަކާ ދެމެދު ތަފާތުތަކެއް އެބަހުރި ކަމަށެވެ. 


މިދިޔަ އަހަރުގެ މާޗު ހަވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަކާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.  

އެގޮތުން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން، މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.  

ނަމަވެސް އީސީން ވެސް ވަނީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް