ads
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ސެންޓްރަލް ޕޮލިސް ޑިވިޝަން (ދ. ފ. އަދި މ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ސީއެންއެމްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ރޭ 20:30 ހާއިރު ކަމަށެވެ.

މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކީ އެރަށަށް ދިޔަ އެހެން ރަށެއްގެ ބޯޓެއްގެ ކެޕްޓަނެކެވެ. އަދި މި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ދަތުރު ކުރާ ކަމުގެ މައުލޫމާތު ވެސް ވަނީ އެރަށު މީހެއްގެ ފަރާތުން ލިބިފައެވެ.

މިފަދަ މައްސަލަތަކުގައި ކުއްޖާ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް