ads
ގއ. ދާންދޫ
ދާންދޫއަށް އަރައި ފޭބުން މަނާކޮށްފި
ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ. ގއ. ދާންދޫއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިއަދު ރަށުން ޕޮޒިޓިވްވެފައި ވަނީ އުމުރުން 20 އަހަރުގެ އަންހެނަކާއި ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. 

އެއީ ދެއްވަދޫން ޕޮޒިޓިވްވި ބަޔަކާއި ކޮންޓެކްޓްވެގެން ރަށުން ނެގުނު 22 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ދެ ކުއްޖެކެވެ. 

އިސްމާއިލް ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ދާންދޫން ޕޮޒިޓިވްވި އެއް ކުއްޖަކު އެ އަތޮޅު ވިލިނގިއްޔަށް ވެސް ދަތުރުކޮށްފަ އެވެ.  

އިސްމާއިލް ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އަންގާފައި ކަމަށެވެ. 

ދެއްވަދޫން ބަޔަކު ދާންދޫއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތުން ތިން ދުވަސް ވަންދެން ދާންދޫގައި އެމީހުން މަޑުކުރިއިރު ބަލި ޖެހިފައި މިވަނީ އެ މީހުން ތިބި ގޭގެ ދެ ކުއްޖަކަށެވެ.

1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދާންދޫގައި 2000 އާ ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅެމުންދެ އެވެ.

އެ ރަށް މޮނިޓަރިންނަށް ލާފައި މިވަނީ ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ހޯދައި ސާމްޕަލް ނެގެންދެކަށެވެ. 

މި ކްލާސްޓާއާ ގުޅިގެން ގއ. ވިލިނގިލިން ވެސް ކޮވިޑް-19 އަށް ކުއްޖަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ އެ ރަށުގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12 އަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. އެއާއެކު ސްކޫލު ވެސް ވަނީ ބަންދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް