ads
ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ސަލީމް
ސްޕޯޓްސް ކޮމިޝަނަރު ކޮވިޑަށް ފޮޒިޓިވްވެއްޖެ
ސްޕޯޓްސް ކޮމިޝަނާ އަހްމަދު ސަލީމް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އަހްމަދު ސަލީމް ވިދާޅުވީ އަލާމާތްތައް ފުރަތަމަ ފެންނަން ފެށީ އަންގާރު ދުވަހުގެ ހެނދުނު ކަމަށެވެ. އެދުވަހު ހޭލިއިރުގައި ބަލީގެ އިހްސާސް ކުރެވެން ފެށި ކަމަށާއި ހަށިގަނޑުގައި ކުރިން ނާޅާ ކަހަލަ ރިހުމެއް ވާން ފެށި ކަމަށެވެ.

ނަމަވެސް އެ ދުވަހު އޮފީހަށް ދުރުވި ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އިތުރަށް ބަލިކަމުގެ އިހްސާސް ވާން ފެށުމުން 11:40 ގައި ގެއަށް އަދި ކަމަށް ވިދާޅުވީ އެވެ.

އޭގެ ފަހުން ހުން އައިއްސަ ހުރުމުގެ ސަބަބުން ގޭގައި މަޑުކުރި ކަމަށާއި ބުދަ ދުވަހު ވެސް ހުންނެވީ ގޭގައި ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ހުން އައިސްފައި ހުރުމުން ދިޔައީ ގަޑިން ގަޑިއަށް ބޭސް ނަގަމުން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

އަދި އާދިއްތަ ދުވަހު އޮފީހަށް ދިޔުމަށްޓަކައި ކޮވިޑް ޓެސްޓު ހެދުމަށް ބުރާސްފަތި ދުވަހު ހޮސްޕިޓަލަށް ގުޅުއްވި ކަމަށާއި އަދި އެރޭގެ 20:30 ގައި ކޮވިޑަށް ފޮޒިޓިވްވި ކަަމަށް ހޮސްޕިޓަލުން އެންގި ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހު އޭނާ ހުންނެވީ ގޭގައި ސެލްފް އައިސޮލޭޝަންގައި ކަމަށެވެ. ނަމަވެސް މެޑިކަލް ޗެކްއަޕްއެއް ހައްދަވަން ބޭނުންފުޅުވާތީ އާދިއްތަ ދުވަހު އެޗްޕީއޭއަޒް ގުޅުމަށް ފަހު ހުޅުމާލޭ ކޮވިޑް ފެސިލިޓީއައް ބަދަލްވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފުރަތަމަ ހުންނެވީ ބީ ބްލޮކްގައި ނަމަވެސް މިހާރު އޭ ބްލޮކަށް ބަދަލްވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު ފެސިލިޓީގައި ހުންނަތާ ފަސް ދުވަސް ވެފައިވާ ކަމަށާއި އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓްވި ހުރިހާ ފަރާތްތަކަށް ވާނީ އަންގާފައި ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް