ads
ދޯންޏަކުން ފެލިވަރަށް މަސްކިރަން ތައްޔާރުވަނީ-- ފޮޓޯ: ދިވެހި މަސްވެރިން
18 ކިލޯއިން މަތީގެ ކަންނެލި: އެންމެ ދަށް އަގަކީ 80 ރުފިޔާ
އަށާރަ ކިލޯއިން މަތީގެ ބޮޑު ކަންނެލި ގަންނަންވާނެ އެންމެ ދަށް އަގަކީ 80 ރުފިޔާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާ (ބީއެމްޔޫ) އިން ފިޝަރީސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ބީއެމްޔޫއިން ބުނީ ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް މިނިސްޓްރީގެ އެދިލެއްވުމަކަށް އެ ޖަމިއްޔާއިން އިއްޔެ ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާއަށްފަހު 18 ކިލޯއިން މަތީގެ ބޮޑު ކަންނެލި ގަންނަންވާނެ އެންމެ ދަށް އަގަކީ 80 ރުފިޔާ ކަމަށާއި، އަދި "އޭ" ގްރޭޑްގެ ގޮތުގައި ގަންނަ ކަންނެލި ގަންނަންވާނެ އެންމެ ދަށް އަގަކީ 100 ރުފިޔާ ކަމަށް މިނިސްޓްރީއަށް ހުށަހެޅިކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

ނަމަވެސް އަދި މި އަދަދުތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ބޮޑު ކަންނެލި ގަންނަ އަގު ކުއްލިއަކަށް ތިރިކުރުމާއެކު، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން މިފަހުންވަނީ ފަށާފައެވެ. 

އެގޮތުން 2020 ވަނަ އަހަރުގެ ނުވެމްބަރު މަހުގެ ތެރޭގައި 30 ކިލޯގެ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 70 ރުފިޔާ އަށް ބޮޑުކޮށްފައިވާ އިރު، 18 ކިލޯއާއި 30 ކިލޯ އާއި ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 60 ރުފިޔާ އަށް ބޮޑުކޮށްފައިވެ އެވެ.

ނަމަވެސް އޭގެފަހުން ހަމަ އެމަހު 30 ކިލޯގެ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 55 ރުފިޔާއަށް ދަށްކޮށްފައިވާ އިރު، 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއްގެ އަގު 50 ރުފިޔާ އަށް ދަށްކޮށްފައި ވެއެވެ. 

ބޮޑު ކަންނެލީގެ ވިޔަފާރި ކުރާ ބައެއް ކުންފުނިތަކުން ސީއެންއެމަށް މައުލޫމާތު ދިން ގޮތުގައި އަގަށް ބަދަލު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުގެ މާކެޓުތަކުގައި މަސް ގަންނަ އަގު ދަށްވުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ހަރަދު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. 

މީގެ އިތުރުން، ފްލައިޓްތަކުގެ އެވެއިލެބިލިޓީ ދަށްވުމުގެ ސަބަބުން މަސް ބޭރުކުރަން ދަތިވާ ކަމަށް ވެސް އެ ކުންފުނިތަކުން ވަނީ މައުލޫމާތު ދީފަ އެވެ. 

ބޮޑު ކަންނެލި ގަންނަ އަގު ކުއްލިއަކަށް ތިރިވި މައްސަލާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ބުނަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ވާނީ މާކެޓަށް ދޫކޮށްފައި ކަމަށެވެ.  

69%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް