ads
ވީޑިއޯ ރިޕޯޓް-
ސަންސެޓް ގާނޫނު: އިރެއް ނޭރި!
ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ މަޖިލީހުގެ ތާރީހުގައި ވެސް ޖަލްސާތަށް ބާއްވާފައި ނުވާ މިންވަރަށް ޖަލްސާތައް ބާއްވާ ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމާއިމެދު އެއްވެސް ޝައްކަތް ނެތެވެެ. ރެއެއް ދުވާލެއް ނުބަލާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ބުރަ މަސައްކަތްތަކަށް ހުދު އެމަނިކުފާނު އަމިއްލަޔަށްވެސް އިއުތިރާފުވާއިރު ވިދާޅުވާ އެެއް ވާހަކައެއް އޮވެއެވެ. އެއީ މިއީ މުޅި މަޖިލީހުގެ ތާރީޙުގައިވެސް އެންމެ ގިނަ މަސައްކަތް ކުރެވުނު މަޖިލިސް ކަމާއި، ގިނަ ގާނޫނުތަކެއް ފާސްކުރެވުނު އަހަރެއްގެ ގޮތުގައި ފާހަގަކުރައްވާ ކުރެއްވުމެވެ.

ތެދެކެވެ. ނިމިގެންދިޔަ 2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަކީ ތަފާތު ދެއްކި މަޖިލީހެކެވެ. ތަފާތެއް ނުފެނު އެއްކަމަކީ ހަމައެކަނި މަޖިލީހުގައި އިއްޒަތްތެރި މެންބަރުން ކުޅުއްވާ ޑްރާމާތަކެވެ. އެހެންނަމަވެސް ކިތަންމެ ޑްރާމެއް ކުޅުއްވި ނަމަވެސް ހެޑްފޯނު އަޅުއްވާގެން ނަމަވެސް، މަޖިލީހުގެ ތަޅުމުން މެންބަރުން ބޭރުކޮށްގެން ނަމަވެސް ރައީސް ނަޝީދު އެ ވިދާޅުވާ ގޮތަށް ތާރީހު ނުދެކޭފަދަ ގިނަ ގާނޫނުތަކެއްް ވަނީ ފާސްކޮށްފައެވެ. 

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ވާޗުއަލްކޮށް ބާއްވަން އެޗްޕީއޭއިން ދިން ނަސޭހަތްވެސް އަޑު ނާއްސަވާ މަޖިލީހުގެ ތަޅުމަށް ވަޑައިގެން މަސްއކަތްތައް ފެއްޓިވިއިރު ވިދާޅުވަމުން ގެންދެވީ ރެސްޓެއް ނެގެން ނެތްކަމަށެވެ. ހިތުގައި ގައުމީ ލޯބި އުތުރި އަރާގެން އަނެއްކާވެސް ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ފެއްޓެވިއިރު 2020 ވަނަ އަހަރު ނިންމާލީ އަލަށް ފާސްކުރި ގާނޫނުތަކާއި ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުތަކާއިއެކު 37 ބިލެއް ފާސްކުރުމަށްފަހުއެވެ. މީގެ ތެރެއިން 25 ބިލެއް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައިވާއިރު ގާނޫނުތައް ފުލުފުލުން ފާސްކުރައްވަމުން ގެންދެވިއިރު އެ ޖެހި ސަކަރާތުގެ ތެރެއިން އެންމެ ފާހަގަކުރެވުނު ގާނޫނަކީ މިހާރު އަތަށް ގޮވާގެން މިއުޅޭ "ސަންސެޓް ގާނޫނު" އެވެ.   

އެ ގާނޫނަކީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖޫންމަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ގައިޑްލައިންތަކާއި މުޅިން ހިލާފަށް މަޖިލީހުގެ ތަޅުމުގައި އެއްވެސް ގައިދުރުކަމެއް ނެތި ހަމަނުޖެހުން ހިނގައި، ބައެއް މެމްބަރުންނަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިގެން ފާސްކުރެވުނު ގާނޫނަކަށް ވާއިރު އަނެއް އަހަރު ފެށުނުއިރު މިޖެހުނީ ގާނޫނު ކަމު ނުގޮސްގެން އަނެއްކާ އިސްލާހު ކުރާށެވެ. 

ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓެއް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާ ގޮތުން، އެ ތަސްދީގު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންނަމަވެސް ހަމއެއާއި ވިދިގެން ދެން އެ ގާނޫނުގައި ބުނަނީ އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށެވެ. އޭރު އަދި ބަޔަކަށް ރާއްޖެއިން ކޮވިޑް-19 ދާނެހެން ހީވިޔަސް ރާއްޖެ ދިޔައީ އެ ބަލީގައި ދެފުށަށް ފިހެމުންނެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވި މި އާލަމީ ވަބާއިން އަވަސް މުސްތަގުބޮލެއްގައި ސަލާމަތްވެވޭނެ ކަމުގެ އުންމީދެއް ވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް ނުކުރެއެވެ. މިހެން މިކަން އޮތް އިރު މަޖިލީހުގައި ތަޅާފޮޅައިގެން އަވަސް އަރުވާލާފައި މިފަދަ ގާނޫނެއް ފާސްކުރިއިރު އުފެދޭ ސުވާލަކީ 2021 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތު ރަނގަޅުވާނެ ކަމަށް ވިސްނާ މިފަދަ ގާނޫނެއް ފާސްކުރުމުގެ ބޭނުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ؟ ނޫނީ މިއީ މަޖިލީހުގެ ތެރޭގައި ޖެހި ސަކަރާތެއްތޯއެވެ؟ 

އަވަސް އަރުވާލާފައި ނުވަތަ މުސްތަގުބަލަށް ވިސްނާނުލާ ހެދި މި ތާކުންތާކު ނުޖެހޭ ގާނޫނު އަތަށް ގޮވާ ބަހުސްތައް ބޮޑުވެ، 2021 ވަނަ އަހަރުގެ މަޖިލީސް ވެސް ނުފެށި އުޅެނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ އެ ގާނޫނަށް ޖެހުނީ އިސްލާހު ގެންނާށެވެ. 

އެހެންކަމުން އަހަރެންގެ ނަޒަރުގައި 2020 ވަނަ އަހަރަކީ މުޅި މަޖިލީހުގެ ތާރީހުގައިވެސް އެންމެ ގިނަ ގާނޫނުތައް ފާސްކުރެވުނު އަހަރުކަމަށް އަދި އެކަމަށް ފަހުރުވެރިވާ ކަމަށް މި ބޭފުޅުން ވިދާޅުވާއިރު، ދެންވެސް މިފަދަ ގާނޫނަކަށް އިސްލާހުތައް ގެންނަ އިރު މަޖިލީހުގެ ތޭރޭ ތަޅާފޮޅާއި އަވަަސް އަރުވާލާގެން ގާނޫނުތައް ހެދުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަަކަށް ވާނީ އޮށްޓަރެއް ހުރި، މަސައްކަތް ޑަބަލް ނުވާނެހެން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭލާ ތިބެ މުސްތަގުބަލަށް ވިސްނާގެން ގާނޫނުތައް ހެދުމެވެ. މުހިންމީ ކީ ނަންބަރެއް ނޫނެވެ. އެ ގާނޫނަކުން ލިބެންވާ ފައިދާއެވެ. މަސައްކަތް ޑަބަލް ކޮށް ބޭކާރު ވަގުތުތައް ސަކަރާތް ޖެހުމުގައި ހޭދަނުކޮށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގޮތުގައި އިއްޒަތް ލިބޭނެހެން މަސައްކަތްތައް ބަށްޓަން ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް