ads
ސަލްމާން ހާން-
ސަލްމާން ކައްކަން ވެސް ނިކަން މޮޅު!
ބޮލީވުޑުގެ މަޝްހޫރު ތަރި، ސަލްމާން ހާނަކީ ހުނަރުން ފުރިގެންވާ ތަރިއެކެވެ. އެކްޓްކުރުމާއި ލަވަކިޔުމާއި ކުރެހުމުގެ އިތުރުން މޮޅު ހޯސްޓެއް ވެސް މެ އެވެ. އެ ލިސްޓަށް އިތުރުކުރަން އޮތް އަނެއް ކަމަކީ އޭނާގެ ކެއްކުމުގެ ހުނަރެވެ.

ސަލްމާންގެ ގާތް އެކުވެރިއެއްކަމަށްވާ، ބިނާ ކަކް މިވަނީ ސަލްމާންގެ ހުރި ކެއްކުމުގެ ހުނަރު ވެސް ކުޑަކޮށް ދައްކާލާފަ އެވެ.

ފެނިގެންދަނީ ފިޔާ އަސާރަ ހަދާ މަންޒަރެވެ. ވަރަށް އާދައިގެ ސާމާނު ބޭނުންކޮށްގެން އޭނާ އެ ތައްޔާރުކުރާއިރު އަޅާ ސާމާނު ވެސް ކިޔައިދެ އެވެ. ކޮންމެއަަކަސް ތައްޔާރުކޮށް ނިންމާލުމަށް ފަހު އެތިކޮޅެއް ނަގައި ކާލުމަށް ފަހު ބުނީ ވަރަށް މީރު ކަމަށެވެ.

އެއާއެކު ސަލްމާންގެ އެކުވެރިޔާ، އަމިއްލަ ނަފްސަށް ތައުރީފްކުރަނީ ކަމަށް ބުނާ އަޑުވެސް އިވިގެންދެ އެވެ. 

އުމުރުން 55 އަހަރުގެ ސަލްމާނަކީ ބޮލީވުޑުގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގައި ހިމެނޭ ފަންނާނެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް