ads
ފަލަސްތީނުގެ ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 32 މީހަކު ޝަހީދުކޮށްލައިފި
ގާޒާ ސިޓީ އަށް އިޒްރޭލުން ބޮން އަޅައި ފަލަސްތީނުގެ 32 މީހަކު ޝަހީދުކޮށްލައިފި އެވެ.
ގާޒާ ސިޓީ އަށް އިޒްރޭލުން ބޮން އަޅައި ފަލަސްތީނުގެ 32 މީހަކު ޝަހީދުކޮށްލައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު އިޒްލޭރުން ދިން މިސައިލު ހަމަލާއެއްގައި ވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ އާއި އޭނާހެ އަންހެނުން ޝަހީދުކޮށްލާފަ އެވެ. އެމީހުން ދިރިއުޅޭ އެޕާޓްމަންޓްއަށް އަމާޒުކޮށްދިން އެ ހަމަލާގައި އެމީހުން ޝަހީދުވުމާއި ގުޅިގެން ބަދަލުގައި ގާޒާ އިން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއްދީފަ އެވެ.

އެހެންވެ އެކަމުގެ ބަދަލު ހިފުމަށް އަނެއްކާ ވެސް އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށީ އިއްޔެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ އެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 32 އަކަށް އަރަ އެވެ.

އެކަމަކު މިއަދުގެ ވަގުތެއްގައި ވަނީ ބަދަލު ހިފުމުގެ އެ ހަމަލާތައް ހުއްޓާލާފަ އެވެ.

އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސްކޫލުތަކާއި ޔުނިވާސިޓީތައް ވެސް ބަންދު ކުރި އެވެ. އަދި ގާޒާ ވަށައިގެން 80 ކިލޯ މީޓަރުގެ ސަރަހައްދެއްގައި އިޒްރޭލުން ކުއްލި ހާލަތު ވެސް އިއުލާނުކުރި އެވެ.

ކޮންމެއަކަސް އެ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެ އެތައް ބަޔަކަށް ޒަހަމްތައް ލިބިފައިވާތީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމމް) އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ޔުނައިޑެޓް ނޭޝަންސް ސެކިއުރިޓީ ކައުންސިލަށް އެމްއާރުއެމް އިން ވަނީ އެކަމުގައި އަވަސް ހައްލުތަކެއް ހޯދައިދިނުމަށް ވެސް ގޮވާލާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް