ads
ޝުޖާއު އަދި މުއިއްޒު---
މުއިއްޒަކީ "ކޮންކްރީޓް މޭން" އެއް: ޝުޖާއު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަކީ "ކޮންކްރީޓް މޭން" އެއްގެ ގޮތުގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ސިފަކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު ކުރިމަތިލުމަށް ނިންމާފައިވާއިރު، މުއިއްޒުއާ ދެކޮޅަށް ބަޔަކު އެންޓި ކެމްޕެއިން ކުރާ ކަމަށް އިދިކޮޅުން ބުނަމުންދާ ދަނޑިވަޅެއްގައި މުއިއްޒު ދިފާއުކުރައްވާ ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންކްރީޓް ތަރައްގީއަކީ ތަރައްގީ ނޫންކަމަށާއި ތަރައްގީއަކީ ޕެނަޑޯލް ގުޅައަކާއި ގަލަމެއްކަމަށް ބުނި ޕާޓީގެ ކެނޑިޑޭޓް ޑރ. މުއިއްޒުއަކީ "ކޮންކްރީޓް މޭން" އެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ މާލެގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓަކީ ސަރުކާރު ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫންކަމަށެވެ.

 

ޑރ. މުއިއްޒަކީ ކޮންކްރީޓް މޭން އެއްގެ ގޮތުގައި ޝުޖާއު ސިފަކުރެއްވިއިރު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެއަށް ކޮށްދެއްވި ހިދުމަތްތަކަށް އެކަނި ބެލިޔަސް މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތް ފުނާ އަޅައިގެން ހޯދިކަމުގައި ވިޔަސް ނުފެންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެެވެ. 

އަދި އިދިކޮޅުގެ ގިނަ މެމްބަރުންތަކެއްވެސް ދަނީ މުއިއްޒު ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ. އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު މުހަައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޑރ. މުއިޒުއަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ގުނަ މަޝަރޫއުތަކެއް ހިންގެވި ތަޖުރިބާ ހުރި އިލްމީ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހޮވިވަޑައިގެންފި ނަމަ މާލޭ ސިޓީއާއި އެ ސިޓީގެ ރައްޔިތުންގެ މުސްތަގުބަލަށް އުޖާލާކަން އަންނާނެކަމާމެދު ކުޑަވެސް ޝައްކެއް ނުކުރާކަމަށް ޝަހީމް ވިދާޅުވިއެވެ. 

އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ މުއިއްޒުގެ މަސައްކަތަތައް ފާހަގަކުރައްވާ ތައުރީފުކުރައްވާފައެވެ. މެމްބަރު ޝަރީފް ވިދާޅުވީ، މުއިއްޒު މިނިސްޓަރުކަން ކުރެއްވީ ހަމައެކަނި މާލެއަށް ނޫންކަމަށާއި މުޅި ރާއްޖެއަށް ކަމަށެވެ. 

މާލޭގައިވެސް އެތައް ޕްރޮޖެކްޓެއް ހިންގެވި. ހިޔާ މަޝްރޫއުވެސް ނިމުމަކަށް ގެންދެވި ބްރިޖް އަޅައި ޕާކު ތަކާއި މަގުތައް ތަރައްގީ ކުރުމުގައި ރައީސް ޔާމީން ގެ ހައުސިން މިނިސްޓަރު ބެސްޓް. މާލެ މޭޔަރަކަށް ޑރ. މުއިއްޒު ބެސްޓް ވާނެ." މެމްބަރު ޝަރީފް ވިދާޅުވިއެވެ.  

ޑރ މުހައްދަމު މުއީޒްވަނީ ސިޓީ ކައުންސިލްގެ މޭޔާކަމަށް މި ފެށޭ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތި ލަށްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް