ads
އޮޅުވެލި ބީސް އެންޑް ސްޕާ
އޮޅުވެލި ބީޗް ކްލަސްޓާ: އިތުރު 32 މީހުން ޕޮޒިޓިވް ވެއްޖެ
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 32 މީހުންނަކީ އޮޅުވެލި ބީޗް ރިސޯޓުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ރާއްޖެއިން މިއަދި ވަނީ އިތުރު 87 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑީރުގެ ތެރޭގައި ރިސޯޓުތަކުން އިތުރު 41 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

އެޗްޕީއޭއިން ބުނީ އޭގެތެރެއިން 32 މީހުންނަކީ ސަން ޝިޔާމް އޮޅުވެލި ބީޗް ރިސޯޓުން ޕޮޒިޓިވްވި މީހުން ކަމަށާއި އަދި އެއީ ހުސް ސްޓާފުން ކަމަށެވެ. 

މިއާއިއެކު އެ ރިސޯޓުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 55 އިން މައްޗަށް އަރާފައެވެ. އެގޮތުން މީގެ 5 ދުވަސް ކުރިންވެސް ވަނީ އެރަށުން 20 ސްޓާފުން ޕޮޒިޓިވް ވެފައެވެ. 

މިއަދު ރާއްޖެއިން ޕޮޒިޓިވްވި 87 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 30 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކުން 13 މީހުންނާއި، ރިސޯޓްތަކުން 41 މީހުންނާއި، ސަފަރީއަކުން ޕޮޒިޓިވްވި 3 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް