ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ އިސްލާހު ބަލައިގެންފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވޭގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ. މަޖިލީހަށް އިސްލާހު ބަލައިގަތުމަށް ފާސްވޯ ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ބިލް މަޖިލީހަށް ބަލައިގަތުމާއި ގުޅިގެން ވަނީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ލޯކަލް ކައުންސިލްޔަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ސިއްހި ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިހާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިހާބުތަކާއި ބެހޭ ގާނޫނާއި، ލާމަރުކަޒީ ގާނޫނުގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. މީގެއިތުރުން އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅައި، އިންތިހާބު ބޭއްވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުންވެސް މި ބިލުގައި ހިމެނެއެވެ. 

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އީސީއިން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަން ކަށަވަރުވުމުން އިންތިހާބު ވަނީ އެޕްރީލް 3 ގައި ބާއްވަން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް