ads
މީރާ--
މީރާ އޮފީހުން 37،000 އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި: ޕޮލިސް
ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލާ، އެ އޮފީހުން 37،000 އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި ކަމަށް ފުލުހުން ބުނެފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ، މި މައްސަލައިގައި 37،000 އަށް ވުރެ ގިނަ ރުފިޔާގެ އިތުރުން ގިނަ އަދަދެއްގެ ރެވެނިއު ސްޓޭމްޕް ވަގަށް ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. 

ހުޅުމާލެ މީރާ އޮފީސް ފަޅާލާ، އެތަނުން ވައްކަން ކުރި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނުކުރާކަމެއް ހާމައެއް ނުކުރެއެވެ. 

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް