ads
ސައިފް ދިރިއުޅޭ ގޭދޮށުގައި ފުލުހުން ހަރަކާތްތެރިވަނީ--
"ތަންދަވް" ގެ މައްސަލަ ހޫނުވެ، ސައިފްގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ދިރިއުޅޭ ގޭ ދޮށުގައި އިއްޔެ ފުލުހުން ހަރަކާތްތެރިވި މަންޒަރު ފެނިގެންދާ ފޮޓޯތަކެއް އާންމުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސައިފްއަށް އިތުރަށް ސެކިއުރިޓީ ދީފައި މިވަނީ، އޭނާގެ ވެބް ޝޯ، "ތަންދަވް" ގެ މައްސަލަ ހޫނުވެގެންނެވެ.

ސައިފް ވަނީ އިއްޔެ އެމީހުން ކުރިން އުޅެމުން އައި ގެއިން އެހެން ގެއަކަށް ބަދަލުވެފަ އެވެ. އެގެއާ ކައިރީގައި ހުރި އެހެން ގެއަކަށް އޭނާ ބަދަލުވިއިރު ބައެއް ސާމާނު ގެއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދިޔަ އެވެ. އެވަގުތު ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.

ބީޖޭޕީގެ ގިނަ ލީޑަރުންތަކެއް ސައިފްގެ ޝޯ މަނާކުރަން ގޮވާލާފައި ވަނީ ހިންދޫގެ ކަލާނގެއަށް ކުޑައިމީސްވާ ކަންތައްތަކެއް އޭގާއި ހުރި ކަމަށް ބުނެ އެވެ. ބައެއް ފަރާތްތަކުން އެ ޝޯއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ވެސް ވައްދާފައިވެ އެވެ.

އެއާއެކު ސައިފަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ގޭގެ ސެކިއުރިޓީ ވެސް ވަރުގަދަ މިކުރީ މިފަދަ ދަނޑިވަޅެއްގަ އެވެ. 

ތަންދަވަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް ނެރޭ ޝޯއެކެވެ. ޝޯ ފެށިިއިރު ވެސް ޕޮޒިޓިވް ރިވިއުއެއް އެއަށް ލިބިފައެއް ނުވެ އެވެ. 

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް