ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތުދޭ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެކެވެ.
ރާއްޖެއިން ބޭރުން އައިސް އޭނާ ކަރަންޓީނުގައި ހުރިއިރު އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލުގެ ނަތީޖާ މިއަދު ލިބުމުންނެވެ.
ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަރަންޓީނުގެ އުސޫލަށް ތަބާވުމަށް އިލްތިމާސްކޮށްފަ އެވެ.