ads
މީހުން ތާށިވި މައިނު-- ފޮޓޯ: ރޮއިޓާޒް
މައިނުގައި ތާށިވި މީހުން ދިރި ތިބިކަން އެންގުމަށް ހަފްތާއެއް ފަހުން ނޯޓެއް ފޮނުވައިފި
ޗައިނާގެ ރަން ނަގާ މައިނެއްގައި އެއްޗެއް ގޮވާ މީގެ ހަފްތާއެއް ކުރިން ތާށިވި 12 މީހުން އަދިވެސް ދިރި އެބަ ތިބި ކަމަށް އެމީހުން ސަލާމަތް ކުރަން އުޅޭ ފަރާތްތަކުން ބުނެފި އެވެ.

އެ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުން މައިނުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ވަނީ އެމީހުން ސަލާމަތްކުރަން އުޅޭ މީހުންނަށް ކާމިޔާބު ކަމާއެކު ނޯޓެއް ފޮނުވާފަ އެވެ.

އެ ހާދިސާގައި ގެއްލުނު އިތުރު 10 މީހުންނަށް ވީ ގޮތެއް އަދި ސާފެއް ނުވެ އެވެ. 

މައިނުތަކުގައި އެއްޗެހި ގޮވާ، ހިތާމަވެރި ހާދިސާތައް އާއްމު ގޮތެއްގައި ޗައިނާގައި ހިނގަ އެވެ. މިކަން ދިމާވަނީ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ރަނގަޅަށް އަމަލު ނުކުރާތީ އެވެ.

މީގެ ހަފްތާއެއް ކުރިން އެއްޗެއް ގޮވާފައި ވަނީ އިރުމަތީ ޗައިނާގެ ޝަންޑޮން ޕްރޮވިންސްގް ހޫޝާން މައިނުގަ އެވެ. އެއްޗެއް ގޮވުމުގެ ސަބަބުން އެ މައިނުން ނިކުންނަން ކަނޑާފައިވާ ދޮރު ވަނީ ބެދިފަ އެވެ. 

އޭގެ އިތުރުން މައިނު ތެރޭގައި ތިބޭ މީހުންނާ ވާހަކަދައްކަން ހަދާފައިވާ ކޮމިއުނިކޭޝަން ނިޒާމު ވެސް ވަނީ އެ ހާދިސާގައި ހަލާކުވެފަ އެވެ. 

މައިނު ތެރޭގައި ތާށިވެފައި ތިބި މީހުން ސަމާލަތް ކުރަން އުޅޭ މީހުންނަށް ނޯޓެއް ލިބިފައި ވަނީ މައިނުން ނިކުންނަން ކަނޑާފައިވާ ދޮރުގެ ބެދިފައި ވާތީ އެތަނުގެ ހިމަ ދޭތެރެއަކުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭގެ ކުރިން މީހުން ސަލާމަތް ކުރަން އުޅުނު ގްރޫޕުން ވަނީ އެ ދޭތެރެއިން ވާގަނޑެއް ބޭނުންކޮށްގެން މައިނުގެ ތެރެއަށް ފެނާއި ކާބޯތަކެތި، ބޭސް އަދި ކަރުދާހާއި ފަންސުރު ފޮނުވާފަ އެވެ. 

އަނބުރާ ފޮނުވި ނޯޓުގައި ލިޔެފައި ވަނީ 12 މީހުން ސަލާމަތުން އެބަ ތިބި ކަމަށާއި އެމީހުން ތިބީ މައިނުގެ މެދު ތެރޭގައި ބެދިފައި ކަމަށެވެ. ބާކީ 10 މީހުން އެތަނުގައި ނެތް ކަމަށް ވެސް ލިޔެފައި ވެއެވެ.

އެމީހުން ސަލާމަތް ކުރުމަށް މައިނު ތެރެއަށް ތޮރުފަމުންދާ ކަމަށް ޗައިނާގެ މީޑިއާއިން ބުނެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް