ads
ފޮޓޯ: ފޮރިން މިނިސްޓްރީ
މިންތީގެ ހަމަހަމަ ކަމުގައި ހާރިޖިއްޔާ އަނެއްކާވެސް އިތުރު ފިޔަވަޅެއް ކުރިއަށް!
ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ ގަވާނިން ބޯޑްގެ މެމްބަރުންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ (ފޮސިމް) ގެ ގަވާނިން ބޯޑްގެ މެމްބަރުންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމުކޮށްފައި މިވަނީ ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންގެ މެދުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ފަހު ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި ފޮސިމްގެ ގަވާނިން ބޯޑްގެ ހަތަރުވަނަ ބައްދަލުވުމަކީ އެ އިންސްޓިޓިއުޓް އުފެދުނު ފަހުން އަންހެން/ފިރިހެން ދެ ޖިންސް އަދަދު ހަމަހަމަކޮށް ބޯޑުގެ މެމްބަރުން ތިބި ފުރަތަމަ ބައްދަލުވުމެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަމާޒަކީ ފޮސިމް އިތުރަށް ހަރުދަނާ ކުރުން ކަމަށާއި، އެކަމަކީ ނަތީޖާ ނެރޭ ފޮރިން ސާވިސްއެއް އުފެއްދުމަށް މުހިއްމު ކަމެއް ކަމަށެވެ.

ހާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް