ads
އަބިނާވް އަދި ރުބީނާ--
އަބިނާވް އަކީ ޒިންމާދާރު ފިރިއެއް ނޫން: ސަލްމާން
މި ފަހަރުގެ ބިގްބޮސްއަކީ ބެލުންތެރިން ވެސް ފާހަގަ ކުރާ ގޮތަށް ވަރަށް ތަފާތު ސީޒަންއެކެވެ. ގިނަ ކޯޅުންތަކަކާއި އެކަކު އަނެކަކަށް ބޭވަފާތެރިވާ މަންޒަރު ވަރަށް ގިނައިން ފެންނަކަމީ ބިގް ބޮސް ބަލާ މީހުން އެއްބަސްވާނެ ކަމަކެވެ.

އެންމެ ފަހުން ބޭއްވި ބިގް ބޮސްގެ ޝޯގައި ފެނިގެން ދިޔައީ ބެލުންތެރިންގެ އެތައް ސުވާލުތަކެއް ރުބީނާ ދިލަކްއަށް ކުރިމަތިވެގެން ދިޔަ މަންޒަރެވެ. އަދި އެ ސުވާލުތަކުގެ ސަބަބުން ރުބީނާ ރޯން ފެށި މަންޒަރު ވެސް ފެނިގެން ދިޔަ އެވެ.

މިކަމާ ގުޅިގެން ސަލްމާން، ރުބީނާގެ ފިރިމީހާ، އަބިނާވް ޝުކުލާއާ ދިމާލަށް ބުނެފައިވަނީ ބޭރުން ދައްކަނީ އެހެން ގޮތެއް ކަމަށެވެ. އަދި ގާތް މީހުންނަށް ކަންތައް ކުރަނީ ވަރަށް އިހާނަތިކޮށް ކަމަށެވެ.

މިކަމާ ގުޅިގެން އަބިނާވް ވެސް ވަނީ އޭނާއަކީ ޒިންމާދާރު ފިރިއެއް ނޫން ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައެވެ. އަދި އޭނާ ރުބީނާއާ ދެމެދު ކަންތައް ކުރަނީ ރަނގަޅަށް ނޫން ކަމަށް އަބިނާވް އެއްބަސްވެއެވެ.

your imageރުބީނާ އަދި އަބިނާވް

ރުބީނާ ދިލަކް އަދި އަބިނާވް ޝުކުލާ ވަނީ 2018 ވަނަ އަހަރުގައި ކައިވެނިކޮށްފައެވެ. ނަމަވެސް އެ ކައިވެންޏަށް އެ އަހަރުވީ އިރު އެތައް މައްސަލަތަކެއް މިހާރު ވަނީ ދެމީހުންގެ ގުޅުމުގައި ޖެހިފައެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް