ads
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު---
މައާފަށް އެދުމާއެކު ފަޒްނާއާ ގުޅޭ މައުލޫމާތާއި ފޮޓޯ ވެސް ހަބަރުން ނަގަން އެދިއްޖެ
މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ އޮންލައިން ނޫހެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިިކަނބަލުން، ފަޒްނާ އަހުމަދާ ގުޅުވައިގެން ދޮގު މައުލޫމާތު ފެތުރި މައްސަލާގައި އެ ނޫހުން މައާފަށް އެދުމާއެކު އެކަމަނާއާ ގުޅޭ ގޮތުން ލިޔުނު މައުލޫމާތާއި ފޮޓޯ ނެގުމަށް ފަޒްނާގެ ވަކީލުން އަންގައިފި އެވެ.

ފަޒްނާގެ ވަކީލުންގެ ފަރާތުން "ދަ ލިޓިޖެންޓްސް" ލޯ ފާމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއަށް ފޮނުވި ސިޓީގައި ވަނީ "ސުލްހަވެރި ހައްލެއްގެ" ގޮތުގައި ހުށަހެޅޭނެ ކަންކަން ބަޔާންކުރަން އަންގާތީ އެކަންކަން ފާހަގަކޮށްފަ އެވެ. 

ސިޓީގައި ބުނީ އެ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު މީޑިއާ ކައުންސިލްގައި އޮތް ބައްދަލުވުމުގައި، އެ ކައުންސިލްގެ ގާނޫނާ ވެސް އެ ނޫހުން ހިލާފުވެފައިވާކަން ކައުންސިލްގެ ގާނޫނީ ވަކީލުން ފާހަގަކުރާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަކުވާ އަރާ ފަރާތުން ބުނެފައިވަނީ 22 އޮކްޓޯބަރު 2020 ގެ އާޓިކަލް ޝާއިއުކުރި ފަހުން، ފުޓް ނޯޓެއްގައި ކަންކަން އިސްލާހް ކޮށްފައިވާނެ ކަމަށާއި އެގޮތުން ފަޒްނާއާ މެދު ލިޔެފައިވާ ވާހަކަތައް މުސްތަގިއްލު ގޮތެއްގައި ވެރިފައިކޮށްފައި ނުވާނެ ކަމަށް އެ ފުޓް ނޯޓުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ވަކީލުންގެ ފަރާތުން އަންގާފައި ވަނީ އާޓިކަލްގެ މުވާލާތް ކެނޑުނު ފަހުން ފުޓް ނޯޓެއްގައި އެއީ ތެދަށް ނުވެދާނެކަން ބަޔާންކޮށްގެން ނުފުދޭނެ ކަމަށެވެ. 

އޭގެ އިތުރުން ސިޓީގައި ބުނީ ޝަކުވާ އަރާފަރާތުން، އާޓިކަލްގައި ހުރި ކަންކަން އެއީ ތެދުތޯ ނުވަތަ ނޫންތޯ އެނގޭނެ މީހަކު ނެތް ކަމަށް ބުނެފައިވާ ކަމަށާއި މީޑިއާ ކައުންސިލްގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަދި (ރ) އާއި އެ މާއްދާގެ (ކ) ގެ ދެވަނަ ނަންބަރާއި، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި، ކަމެއް އޮތްގޮތުގެ ތެދު މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

އަދި އެ ގާނޫނުގެ 23 ވަނަ މާއްދާގެ ނ އާއި 24 ވަނަ މާއްދާގެ ޅ ގައި ތެދުނޫން މައުލޫމާތު ހިމަނައިގެން ނުވާނެކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ސިޓީގައި ބުނީ ތެދާއި ދޮގު އެއީ ކޯޗެއްކަން ނޭނގޭނަމަ، ނުވަތަ އޭގެ ތަފާތު ހޯދަން ނޭނގޭނަމަ، ޝަކުވާ އަރާފަރާތުން މީޑިއާގެ ދާއިރާއިން ވަކިވެ ކޮންމެވެސް އެހެން ދާއިރާއަކަށް ބަދަލުވުން ބުއްދިވެރި ކަމަށެވެ. 

އޭގެ އިތުރުން، އެ ނޫހުން ގާނޫނާ ހިލާފު ކަމެއް ނުކުރާ ކަމަށް ބުނެ، އެކަމަށް މައާފަށް އެދެން ނުޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. 

އެފަދަ ކަންކަމާއި ހުރެ ވަކީލުންގެ ފަރާތުން ވަނީ އެ ނޫހުން ޝާއިއުކޮށްފައިވާ އާޓިކަލްގައިވާ ފަޒްނާގެ ފޮޓޯއާއި އެ ކަމަނާއާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ އެންމެހާ ނައްޞުތައް އާޓިކަލް އިން އުނިކުރުމާއެކު އެ އާޓިކަލްއާ ގުޅިގެން ފަޒްނާގެ އަރިހުން މައާފަށް އެދި، އެމްއެންއެންގެ ފަރާތުން އެކަން އާންމުކޮށް އިއުލާންކުރުމަށް އެދިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ގާއިމުކުރަމުން އޭރު އައި ޕާކާ ގުޅުވައިގެން ޝާއިއުކުރި އާޓިކަލްގައި ވަނީ އެ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށެވެ. 

އެގޮތުން ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ ކަމުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށް ކަމަށާއި އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީވެސް ކުށެއް ކަމަށް ބުނެފައި ވެއެވެ.  

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް