ads
ދޫނި ރޯގާ ފެތުރޭ ތަނަކަށް ބޭސް ޖަހަނީ--
ދޫނި ރޯގާ އުޅޭ ގައުމުތަކުން ދޫނި ގެނައުން ވަގުތީ ގޮތުން މަނާކޮށްފި
ދޫނި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން ދޫނި ރޯގާ ފެތުރެމުންދާ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން ދޫނި ރޯގާ އުޅޭ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން މަނާކޮށްފައި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. 

މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ގެންނަ ދޫނިތަކުގެ ސަބަބުން ރާއްޖެއަށް އެބަލި އެތެރެވިޔަ ނުދިނުމަށްޓަކައި ދޫނި ރޯގާ ފެތުރޭ ގައުމުތަކުން ރާއްޖެއަށް ދޫނި އެތެރެކުރުން މަނާކޮށްފައިވާއިރު މީގެ ކުރިން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ. 

އިނގިރޭސިވިލާތާއި އަވަށްޓެރި އިންޑިއާގައި ވެސް ދޫނި ރޯގާ އަންނަނީ ފެތުރެމުންނެވެ. އެއާއެކު އެގައުމުތަކުން ވެސް ގިނަ ދޫނިތަކެއް މެރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް