ads
ވެކްސިން.... ފޮޓޯ:
ވެކްސިން ޓެސްޓުކުރަން ދިވެހިން ބޭނުން ކުރާކަމުގެ ތުހުމަތު!
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ގެންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިތުބާރު ލިބިފައިވާ ވެކްސިންއެއް ކަމަށާއި ވެކްސިން ތަހުލީލު ކުރުމުގެ މަރުހަލާއެއްގައި ދިވެހިން ރައްޔިތުން ބޭނުން ނުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންއިން މިހެން ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައި ފުރަތަމަ ވެކްސިންއަކީ ޑަބްލިއުއެޗްއޯގެ އެޕްރޫވަލް އަދި ލިބިފައި ނުވާ ވެކްސިންއަކަށް ވުމުން އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ. 

އެކޯލިޝަންއިން ބުނީ ދިވެހިރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަކީ އެކޯލިޝަނުން އެންމެ އިސްކަންދޭ އެއްކަމަކަންތައް ކަމަށާއި، އެހެންކަމުން ކޯލިޝަނުން ދެކޭގޮތުގައި ކިތަންމެ ބޮޑު ހަރަދެއް ކޮށްގެންނަމަވެސް، ދިވެހިރާއްޖެ ގެންނަންވާނީ ޑަބްލިއުއެޗްއޯއިން އެޕްރޫވްކޮށްފައިވާ، އެންމެ ފެންވަރު ރަނގަޅު ވެކްސިންއެއް ކަމަށް ދެކޭކަމަށެވެ. 

އިދިކޮޅު ކޯލިޝަންއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު، ސިއްހީ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއް ކަމަށާއި، އަދި ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަން ތަކާމެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. 

ނަމަވެސް ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިޔުއެޗްއޯއިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫންކަމާއި އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫންކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ. 

your imageޕީއެންސީ ގެފާރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގެ ތެރެއިން--ފޮޓޯ ޕީޕީއެމް

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޑަބްލިޔުއެޗްއޯއިން ގަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށާއި، ވެކްސިން އެއް ތަހުލީލު ކުރުމުގެ މަރުހަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށް އިދިކޮޅު ކޯލިޝަންއިން ވަނީ ގޮވާލާފައެވެ. 

އިދިކޮޅު ކޯލިޝަންއިން މިހެން ބުނިނަމަވެސް ރާއްޖެއަށް ގެނެސްފައިވާ ވެކްސިން ބޭނުން ކުރަން ފަށާނީ، ޑަބްލިއުއެޗްއޯއިން އެ ވެކްސިން އެޕްރޫވް ކުރުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. 

ރާއްޖެއަށް ގެނައި ކޮވިޑުގެ ފުރަތަމަ ވެކްސިން ޝިޕްމެންޓް އަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް އެސްޓްރަޒެނެކާގެ އެއް ލައްކަ ޑޯޒެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް