ads
ކޮވިޑް ރާއްޖެއިން ފެނުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް-
ކޮވިޑް-19 އާ ގުޅިގެން 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފި
ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް ދައުލަތުން ކުރި ހޭދަ 2.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަތްފާއަކު އާންމުކުރާ ހިސާބުތަކަށް ބަލާއިރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް 19 އާއި ގުޅޭ ސިއްހީ އެކި ކަންކަމަށް 1.46 ބިލިއަން ރުފިޔާ އަދި އިގްތިސާދީ ކަންކަމަށް 1.49 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފަ އެވެ.

މިދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އަދި އެންސްޕާ އިންނެވެ.

ހެލްތު މިނިސްޓްރީން ކުރި ހޭދައިގެ ބޮޑު ބަޔަކީ ކޮވިޑާ ގުޅިގެން ކުރާ މަސައްކަތްތަކަށް މުދާ ހޯދުމަށް ކުރި ހޭދަ ކަމަށާއި އެންސްޕާ އިން ކުރި ހޭދައަކީ ކޮވިޑްގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް އެލަވެންސް ދިނުމަށް ކުރި ހޭދަ ކަމަށް ވެސް ފިނޭންސުން ހާމަކުރި މައުލޫމާތުގައި ވެއެވެ.

ހެލްތުން 32.9 މިލިއަން ރުފިޔާ ކޮވިޑުގެ ކަންތަކަށް ހޭދަކުރި ކަމަށާއި އެންސްޕާ އިން 21.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ފިނޭންސްގެ ހިސާބުތަކުގައި ވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އިސް ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވެންސް ދެނީ މާޗު މަހުން ފެށިގެން ކުރަމުންދާ މަސައްކަތަށެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން މި އެލަވެންސް ދޭއިރު ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށްދެ އެވެ.

ކޮވިޑް-19 އާ ގުޅޭ އިގްތިސާދީ ކަންތައްތަކަށް 1.4 ބިލިއަން ރުފިޔާ މިދިޔަ ހަފްތާގެ ނިޔަލަށް ހޭދަކޮށްފައިވާ އިރު މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު އެއް ޕަސެންޓް އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް