ads
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުގައި ރޯވެފައި:-
ސެރަމް އިންސްޓިޓިއުޓުގައި ރޯވުން: ކޮވިޑް ވެކްސިން އުފެއްދުން ހުއްޓިދާނެތަ؟
ކޮވިޑް-19 ގެ ވެކްސިން އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް މިއަދު ވަނީ ހިނގާފަ އެވެ.

އެ ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. ހަތަރު މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ.  

މިއަދު އަލިފާނުގެ ހާދިސާ ހިނގާފައިވާ ޕޫނޭގައި ހުންނަ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަކީ ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ފުޅާ ދާއިރާއެއްގައި ކުރާ ތަނެކެވެ. 

އަދި ސިރަމް އިންސްޓިޓިއުޓުގެ ފަސްވަނަ ފަންގިފިލައާ ހަމައަށް އަލިފާންގަނޑު ފެތުރި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. 

މި ހާދިސާއާ ގުޅިގެން ދެން އުފެދުނު ސުވާލަކީ ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތަށް ހުރަސް އެޅިދާނެތޯ އެވެ؟ އަދި ކޮވިޑް ވެކްސިން ހުރި ގުދަންތަކަށް ގެއްލުންވިތޯ އެވެ؟ 

ދުނިޔޭގައި އުފައްދާ ވެކްސިންތަކުގެ 60 ޕަސަންޓު އުފައްދަނީ އިންޑިއާގަ އެވެ. 

މި އިންޑަސްޓްރީއަކީ އިންޑިއާގައި 40 ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެކެވެ. 

މަޝްހޫރު ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު މުއައްސަސާ އެވެ. 

ދުނިޔޭގައި ވެކްސިން ގިނަ އަދަދަކަށް އުފައްދާއިރު އެކަމަކީ އިންޑިއާގެ އެހީތެރިކަން ނެތި ދުނިޔޭގެ އެއްވެސް ގައުމަށް ވާނެ ކަމައް ނޫނެވެ.

މިކަމާއި ގުޅިގެން ސެރަމް އިންސްޓިޓިއުޓުން ބުނެފައިވަނީ ކޮވިޑް ވެކްސިންގެ ގުދަންތަކަށް އަސަރު ނުކުރާ ކަމަށެވެ. އަދި އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ މިންހާޒް މާޗަންޓް އޭނާގެ ސޯޝަލް މީޑިއާގައި މިއަދު ބުނެފައިވަނީ ކޮވިޑް ވެކްސިން އުފެއްދުމަށް އަސަރު ނުކުރާނެކަން ޔަގީންވާ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް