ads
ފޮޓޯ: ކަރެކްޝަންސް
ގައިދީންއަށް ކުރިއަށް ގެންދާ ވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ސެޓްފިކެޓް އެކަކުން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން” ކޯހުގެ ހަވަނަ ބެޗްގެ ކިޔެވުން އިއްޔެ ފަށައިފި އެވެ.

މާފުށީ ޖަލުގައި ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ އެކޯހުގައި 12 ގައިދީންނާއި 15 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ކަރެކްޝަންސްއިން ބުނީ އެކޯހުގެ މަގްސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި، ތަކެތި ކިޔައިދީ، ކަރަންޓާއި ބެހޭ އެންމެހާ މަސަތްކަތްތައް ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ،  ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، ޖަލުގެ މާހައުލުން ނުކުތުމަށްފަހު ގޯތިގެދޮރާއި އެހެނިހެން އިމާރާތްތަކާއި ތަންތަން ވައިރު ކުރާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށެެވެ.

އެކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމްކިއުއޭއިން ލެވަލް 01 ގެ ފެންވަރަށް ޤަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ކަމަށާއި އެ ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުން ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.

އެ ކޯހުގައި މައިގަނޑު ހަތް (7) މޮޑިއުލް ކިޔަވައިދޭނެކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިން، އިންސްޕެކްޝަން، ޓެސްޓިން، ފޯލްޓް ފައިންޑިން އެންޑް ރިޕެއާ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން، އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރުކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ސާވިސް / ރިޕެއާ އޯ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއާ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބުވެސް ކިޔަވާދޭނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް