ސިފައިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 7:04 ގައި ކަމަށެވެ.
ގެއްލި ފައިވަނީ 24 އަހަރުގެ ފިރިހެނަކާ 29 އަހަރުގެ އަންހެނެކެވެ. އަދި އަންހެން މީހާ ދިޔައީ ފޯނު ހިފައިގެން ކަމަށާއި، ނަމަވެސް ފޯނު ރިންގުވި ނަމަވެސް ފޯނަށް ޖަވާބު ނުދެކަމަށް ސިފައިން ބުނެއެވެ.
އެ ދެމީހުންނަކީ ވެސް ރިސޯޓުގެ މުވައްޒަފުންނެވެ.
އެ ދެމީހުން ފުރި އިރު ވެސް ތިބީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް ސިފައިން ބުނެއެވެ.
އެ ދެމީހުން ހޯދުމުގެ މަސައްކަތް ސިފައިންގެ ޑައިވަރުންގެ ޓީމަކުން ދަނީ ކުރަމުންނެވެ.