ads
....
އަންހެނުންތަކަކާއި ފޮށިގެން ހައްޔަރުކުރީ ބަރަހަނާކޮށް މިސްކިތަށް ވަތް މީހާ: ފުލުހުން
މިއަދު މެންދުރު އަންހެނުން ތަކަކާއި ފޮށިގެން ހައްޔަރުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ހުރެގެން ވަނުމާއި ގުޅިގެން ހައްޔަރުކުރި މީހާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުނުން ވަނީ މިއަދު މެންދުރު 13:05 ހާއިރު މާލެ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށި, އާންމު އުނދަގޫ ކުރަމުން ދިޔަ އުމުރުން 50 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. 

ފުލުހުން މިރޭ ބުނެފައިވަނީ މިމައްސަލާގައި މިއަދު ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހުގެރޭ ބަރަހަނާކޮށް ހުރެގެން އިސްލާމީ މަރުކަޒަށް ވަދެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ކަމަށެވެ. 

ބަރަހަނާކޮށް ހުރެގެން އިސްލާމީ މަރުކަޒަށް ވަދެގެން އެމީހާ ހައްޔަރުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާކަން ފުލުނުން ހާމަކޮށްފައިވަނީ މިއަދު އެވެ. އެގޮތުން ފުލުހުން ބުނީ އޭނާ ދޫކޮށްލާފައިވާ ކަމަށާއި، އެމީހާ ދޫކޮށްލި ނަމަވެސް އެމީހާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަނަގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށިގެން އޭނާ ހައްޔަރުކުރީ ފުލުހުން އެކަން ހާމަކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

މިހާތަނަށް ބެލިބެލުމުން އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް