އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މިހާރު ވަނީ، ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފަށާފައި ކަަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުރިން ލާފައިވާ އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެ މަޝްރޫއުގެ ދަށުން ކުރަން ރާވާފައިވާ މަަސައްކަތްތަކުގެ ތެރޭގައި، 8،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން، 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓިސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 18.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.