ads
ށ. ފޯކައިދޫ ސްކޫލް
ފޯކައިދޫ ސްކޫލް މަޝްރޫއު: 12 ކްލާސް ރޫމާއިއެކު މަލްޓި ޕާޕަސް ހޯލެއް!
ށ. ފޯކައިދޫ ސްކޫލްގެ 12 ކްލާސް ރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ކުރުމަށް "ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް"އާއިއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު އެ މަސައްކަތަކީ 17,932,651.76 ( ސަތާރަ މިލިއަން ނުވަލައްކަ ތިރީސްދެހާސް ހަސަތޭކަ ފަންސާސް އެއް ރުފިޔާ ހަތްދިހަ ހަ ލާރި) ހަރަދުކޮށްގެން ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ފޯކައިދޫ ސްކޫލްގައި، 12 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް ދެ ބުރިއަށް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު މިނިސްޓްރީން ބުނީ، އުއްމީދުކުރަނީ މިއަހަރުގެ އޮގަސްޓް މަހުގައި އެ މަސައްކަތް މުޅިން ނިމޭނެ ކަމަށެވެ.

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީއާއި ދެމެދު މިއަދު އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް