ads
އެ ސަރަހައްދުން މީހާ ވެއްޓި ޖެހުނު ކަމަށް ބުނާ ޖީއެން ސައިކަލް---ފޮޓޯ: އެމްވީ ކްރައިސަސް
އުސް އިމާރާތަކުން ދިވެއްސަކު ވެއްޓުން: ވެއްޓުނީ ސައިކަލެއްގެ މަށްޗަށް!
މާލޭ ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން ވެއްޓުނު ދިވެހި ފިރިހެން މީހާ ވެއްޓުނީ އިމާރާތުގެ ތިރީގައި ޕާކުކޮށްފައިހުރި ޖީއެން ސައިކަލެއްގެ މަށްޗަށެވެ.

މި ހާދިސާގެ މައުލޫމާތު ސީއެންއެމްއާއި ހިއްސާކުރައްވަމުން ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ، ވެއްޓިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓިފައިވަނީ އެގޭގެ ތިންވަނަ ފުލޯއިން ކަމަށެެވެ. މި ހާދިސާއާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް މީސްމީޑިއާއިން ފެންނަން ހުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ވެއްޓިފައިވަނީ އެމީހާ ވެއްޓުނު އިމާރާތުގެ ތިރީގައި ޕާކުކޮށްފައިވާ ޖީއެން ސައިކަލެއްގެ މައްޗަށެވެ. އެ ސަރަހައްދުން ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުން ސައިކަލްގެ ހުންގާނު ވަނީ ވަރަށް ބޮޑަށް ބަޅުވެފައެވެ. 

މައުލޫމާތު ލިބޭގޮތުގައި އެމީހާވެއްޓުމާއިއެކު އޭނަ ހޮސްޕިޓަލްއަށް ގެންގޮސްފައިވަނީ އެވަގުތު އެ ސަރަހައްދުގައި އޮތް ލެމަން ގްރާސްގެ ކެޓަރިން ވޭނެއްގައެވެ. 

މި ހާދިސާގައި އޭނައަށް ލިބިފައިވާ ގެއްލުން އަދި ސާފުވާގޮތެއް ނުވެއެވެ. އައިޖީއެމް ހޮސްޕިޓަލްއިން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމީހާގެ ކޮންސަލްޓިން މިވަގުތު ކުރިއަށް ދާކަމަށާއި، މިހާއަށް ލިބިފައިވާ ގެއްލުން ދެނެގަނެވޭނީ ޓެސްޓްތައް ހެދި ރިސަލްޓްތައް ލިބުމުން ކަަަމަށެވެ. އަދި މިވަގުތު ދަނީ މީހާއަށް ލިބިފައިވާ ގެއްލުން ބެލުމުގެ ގޮތުން ޓެސްޓްތައް ހެދެމުންކަމަށް އައިޖީއެމް ހޮސްޕިޓަލްއިން މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މާލޭ ސަބުދެލި މަގުގައި ހުރި ގެއެއްގެ ތިން ވަނަ ފްލޯއިން ވެއްޓިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހާދިސާ ހިނގާފައިވަނީ މިރޭ 19:45 ހާއިރު އެވެ. ހާދިސާއާއި ގުޅިގެން އެ ސަރަހައްދުަގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް