ads
ބްރެޒިލް
ބްރެޒިލްގަ ކޮވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ފެތުރި އެތައް ބަޔަކު ހޮސްޕިޓަލަށް!
ބްރެޒިލްގެ އުތުރު ހުޅަނގު ސަރަހައްދުގައި އޮތް އަވަށެއްގައި ކޮވިޑްގެ އާވޭރިއަންޓެއް ފެތުރި އެތައް ބަޔަކު އެޑްމިޓް ކޮށްފިއެވެ.

މިމަހުގެ މެދުތެރެއިން ފެށިގެން ގިނައަދެއްގެ ބަޔަކު ބްރެޒިލްގައި ކޮވިޑަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. 

މިގޮތުން ޖެނުއަރީ 14 ދުވަހު އެކަނި ވެސް، ބްރެޒިލްގެ މަނާއުސް 2،516 ކޭސް ވަނީ ފެނިފައެވެ. އަދި ހޮސްޕިޓަލުގައި 254 މީހަކު ހޯދާފައެވެ. 

ބްރެޒިލްގައި ކޭސްތައް އިތުރުވުމުގެ ސަބަބުން އެގައުމުގެ ހޮސްޕިޓަލުގެ އައިސީޔޫ އެނދުތައް ވެސް ވަނީ ފުރިފައެވެ. އަދި އެ ސަރަހައްދުގައި އޮކްސިޖަން ސަޕްލައި ކުރުމުގައި ވެސް ދަތިތަކެއް އެބަހުރިކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. 

މި ވޭރިއަންޓުގެ ސަބަބުން ކުރިން އައި ރާޅުތަކަށްވުރެ 20 ޕަސަންޓު އިތުރަށް މީހުން ބަލިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

މީގެ އިތުރުން ޖެނުއަރީ 16 ވަނަ ދުވަހު ބްރެޒިލްގެ ސަރުކާރުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއް ވަނީ ލީކުވެފައެވެ. އަދި އެ ސިޓީގައި ބުނެފައިވަނީ "ކުއްލިއަކަށް ދި މާވި ހާލަތަކީ ކުރިން އަންނާނެކަމަށް ބެލެވިފައިވާ ހާލަތެއް ނޫން" ކަމަށެވެ. އަދި އައު ވޭރިއަންޓު ފެތުރެން ފެށީ ޖަޕާނުން ބްރެޒިލަށް ދަތުރުކުރި ބައެއްގެ ފަރާތުންކަމަށް ވެސް ބުނެފައިވެއެވެ. 

މިކަމާއި ގުޅިގެން ސައިންސުވެރިން ބުނެފައިވަނީ ބްރެޒިލްގައި ފެތުރޭ އާ ވޭރިއަންޓުގެ ސަބަބަބުން އިންފެކްޝަން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

މި ވޭރިއަންޓު ފެތުރޭކަމުގެ މައުލޫމާތު ލިބި އިޓަލީ އަދި އިނގިރޭސި ވިލާތުން ވަނީ ބްރެޒިލަށް އުދުހުން މަނާކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް