ads
ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބުރޫނޯ ފެނާންޑޭސް އަރައި ލިވަޕޫލް ކަޓުވާލައިފި
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ބްރޫނޯ ފެނާންޑޭސް ހިލޭ ޖެހުމަކުން ޖެހި ލަނޑާ އެކު ލިވަޕޫލް އިނގިރޭސި އެފްއޭ ކަޕުން ކަޓައިފިއެވެ. މެންޗެސްޓަރ ޔުނައިޓެޑް މި މެޗު ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ދެ ލަނޑުވެސް ޖެހީ މުހައްމަދު ސަލާހެވެ.

ލިވަޕޫލުން ފުރަތަމަ ހާފުގެ ތެރޭގައި ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ޔުނައިޓެށް އެއްވަރު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ މޭސަން ގްރީން ވުޑެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑުގެ ލަނޑާ އެކު ދޭއް އެކަކުން ޔުނައިޓެޑު ކުރީގައި އޮއްވާ ސަލާހު އަނެއްކާވެސް ލަނޑެއް ޖަހައި އެއްވަރު ކުރީއެވެ.

މެޗުން ޔުނައިޓެޑު މޮޅުވެ، އަނެއް ބުރަން ކޮލިފައިކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބުރޫނޯ ފެނާންޑޭސްއެވެ. 

އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ލިބުނު މި ހިލޭ ޖެހުން ހުށިޔާރުކަމާ އެކު ފެނާންޑޭސް ފޮނުވާލިއިރު ލިވަޕޫލުގެ ގޯލް ކީޕަރަށް އެ ބޯޅަ މަތަ ކުރާނެ އެއްވެސް ފުރުސަތެއް ނުލިބުނެވެ.

ލިވަޕޫލް ކަޓުވާލާއި އަނެއް ބުރުން ފުރުސަތު ހޯދި ޔުނައިޓެޑު ދެން އެފްއޭކަޕުގައި ކުޅޭން ޖެހޭނީ ވެސްޓްހޭމާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް